Advertisement

ލިޔުންތެރިޔާ ޖޭކޭ ރޯލިންގްއަށް އިންޒާރު ދިން މައްސަލައެއް ބަލަނީ

15 އޮގަސްޓު 2022 - 07:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖޭކޭ ރޯލިންގް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ލިޔުންތެރިޔާ ޖޭކޭ ރޯލިންގްއަށް އިންޒާރު ދިން މައްސަލައެއް ބަލަނީ

15 އޮގަސްޓު 2022 - 07:42 0

މަޝްހޫރު ހެރީ ޕޮޓާ ސީރީޒްގެ ލިޔުންތެރިޔާ ޖޭކޭ ރޯލިންގްއަަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަަލައެއް ފުލުހުން ތަހުގީގު ކުރަން ފަށަައިފި އެވެ.

އޭނާއަށް އިންޒާރު ދިނީ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާ ކުށްވެރިކޮށް، ޓްވީޓް ކުރުމުންނެވެ.

އުމުރުން 57 އަހަރުގެ ރޯލިންގް ވަަނީ އިންޒާރު ދިން މެސެޖުގެ ސްކްރީންޝޮޓުތައް ނަގައި އާއްމުކޮށްފަ އެވެ. މެސެޖުގައި އޮތީ "ހާސް ނުވޭ، ދެން އޮތީ ކަލޭ" އެވެ.

އެ މެސެޖު ފޮނުވި ޓްވިޓާ އެކައުންޓުން ވަނީ ސަލްމާން ރުޝްދީއަށް ހަމަލާ ދިން މީހާއަށް ތައުރީފްކޮށް ވެސް ގިނަ މެސެޖުތަކެއް ޕޯސްޓުކޮށްފަ އެވެ.

ޕާކިސްތާނަށް ނިސްބަތްވާ އެކައުންޓުން ރޯލިންގްއަށް ފޮނުވި އިންޒާރު އާދީއްތަ ދުވަަހު ޑިލީޓްކުރި އެވެ.

މީގެ ކުރިން ވެސް ރޯލިންގްއަށް ސޯޝަލް މީޑިއާގައި ފާޑުކިޔައި އިންޒާރު ދިން މައްސަލަ ވެސް ފުލުހުން ބެލި އެވެ. އޭރުގެ އިންޒާރުތައް ގުޅިފައި އޮތީ ޓްރާންސްޖެންޑާ ނުވަތަަ ޖިންސު ބަދަލުކުރުމާ ދެކޮޅަށް ލިޔުންތެރިޔާ އަޑު އުފުލުމުންނެވެ.

ރޯލިންގްގެ އިތުރުން ވެސް ގިނަަ ލިޔުންތެރިން ވަަނީ ސަލްމާން ރުޝްދީގެ ދިފާއުގައި ވާހަކަދައްކާފަ އެވެ.