Advertisement

ކުރިން އިއުލާން ކުރުމެއް ނެތި އެމެރިކާ ކޮންގްރެސްގެ ވަފުދެއް ޓައިވާނުގައި

15 އޮގަސްޓު 2022 - 07:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާ ކޮންގްރެސްގެ ވަފުދު ޓައިޕޭ އެއާޕޯޓުގައި. -- ފޮޓޯ: ރޮއިޓާޒް


ކުރިން އިއުލާން ކުރުމެއް ނެތި އެމެރިކާ ކޮންގްރެސްގެ ވަފުދެއް ޓައިވާނުގައި

15 އޮގަސްޓު 2022 - 07:16 0

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގެންނެވިތާ 12 ދުވަސް ފަހުން، އެމެރިކާގެ ކޮންގްރެސްގެ ވަފުދެއް ކުރިން އިއުލާން ކުރުމެއް ނެތި ޓައިވާނަށް ދަތުރުކޮށްފި އެވެ.

ޓައިވާންގެ ވެރިރަށް ޓަައިޕޭގައި ހުންނަ އެމެރިކާގެ އެމްބަސީއިން ބުނީ ކޮންގްރެސްގެ ފަސް މެމްބަރުން ހޯމަ ދުވަހާ ހަމައަށް އެ ތަނުގައި މަޑުކުރައްވާނެ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ޕެލޯސީގެ ދަތުރާ ގުޅިގެން ޗައިނާގެ ތާރީހުގައި ޓައިވާން ވަށައި ހިންގި އެންމެ ބޮޑު އަަސްކަރީ ތަމްރީންތައް ބޭއްވި އެވެ.

ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެއް ކަމަށެވެ. އެކަމަކު ޓައިވާނުން ދެކެނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ.

ޗައިނާގެ ތަަނެއްގެ ގޮތުގައި ޓައިވާން ބޭއްވުމަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ ފަސްނުޖެހޭނެ ކަމަށް ޗަައިނާއިން ތަކުރާރުކޮށް ބުނެފައިވެ އެވެ.

ޕެލޯސީއަކީ ފާއިތުވި 25 އަހަރުގެ ތެރޭގައި ޓައިވާނަށް ދަތުރު ކުރެއްވި އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ.

އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ޓައިވާނާ އެކު ބާއްވާ އިރު، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަނީ ޗައިނާއާ އެކު އެވެ.

ނަަމަވެސް އެމެރިކާއިން ޓައިވާނަަށް ހަތިޔާރު ވިއްކަ އެވެ. އެއީ ޗައިނާގެ ހަމަލާއަކުން ދިފާއުވުމުގެ ހައްގު ދިނުމަށް ކަމަށް ބުނެ އެވެ.