Advertisement

އޮކްޓޯބަރު ތިނެއް، ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި

14 އޮގަސްޓު 2022 - 15:01 0

ނިމާ ހަސަން

ނިމާ ހަސަން

ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭ މުނާސަބަތުގެ ކައުންޓްޑައުން ފެށުމުގެ ހަފްލާގެ ތެރެއިން؛ ފަތުރުވެރިކަމުގެ ދުވަހު ސަރުކާރު ބަންދު ކުރުމަށް ވަނީ ނިންމާފައި


އޮކްޓޯބަރު ތިނެއް، ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި

14 އޮގަސްޓު 2022 - 15:01 0

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަ އޮކްޓޯބަރު ތިން ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އެއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ދުވަސްކަމަށް ވާތީ ކަމަށެވެ.

ހަމައެއާއެކު، އެ ދުވަސް ބަންދު ކުރުމަށް ރައީސް ސޯލިހް ނިންމެވީ ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވާތީ ކަމަށް ވެސް ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.

ރާއްޖެގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޯބަރު ތިން ވަނަ ދުވަސް ކަމުގައި ނިންމައި، އެކަން އިއުލާން ކުރީ މިދިޔަ އަހަރު އޮކްޓޯބަރު ތިން ވަނަ ދުވަހު ބޭއްވި ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭ މުނާސަބަތުގެ ކައުންޓްޑައުން ފެށުމުގެ ހަފްލާގަ އެވެ.

އޭގެ ކުރިން ރާއްޖޭގައި ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެ އެވެ. އަދި ރާއްޖޭގައި ފާހަގަ ކުރަމުން ދިޔައީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ކަމުގައިވާ 27 ސެޕްޓެމްބަރެވެ.

ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި އޮކްޓޯބަރު ތިން ވަނަ ދުވަސް ހަމަޖެއްސީ، އެއީ ރާއްޖޭގައި "ކުރުނބާ ވިލެޖް"ގެ ނަމުގައި ފުރަތަމަ ރިސޯޓް ހުޅުވި ދުވަސް ކަމަށްވާތީ އެވެ.