Advertisement

ގުދުސްގައި ބަޑި ޖަހައި އަށް މީހުންނަށް އަނިޔާވެއްޖެ

14 އޮގަސްޓު 2022 - 15:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބަހުގެ ބިއްލޫރިގަނޑަށް ވަޒަން އަރާފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


ގުދުސްގައި ބަޑި ޖަހައި އަށް މީހުންނަށް އަނިޔާވެއްޖެ

14 އޮގަސްޓު 2022 - 15:02 0

ގުދުސްގައި ބަހަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއެއްގައި އަށް މީހުންނަށް އަަނިޔާވެއްޖެ އެވެ.

ހަމަލާ ދިނީ ގުދުސްގެ އޯލްޑް ސިޓީގެ ވެސްޓާން ވޯލް ކައިރިންނެވެ. އެއީ ޔަހޫދީ ދީނުގެ އެންމެ މާތް އެއް ތަނެވެ.

ބަޑީގެ ހަމަލާ އަމާޒު ކުރި ބަހުގައި ތިބީ ވެސްޓާން ވޯލްއަށް އަޅުކަން ކުރަ ދިޔަ ޔަހޫދީންނެވެ. އަނިޔާވި ދެ މީހެއްގެ ހާލު ސީރިއަސް އެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނެ އެވެ.

ހަމަލާ ދިން މީހާ ފިލުމަށް ފަހު، މިހާރު ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ. އޭނާއަކީ އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީން މީހެކެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ހަމަލާގައި ބައިވެރިވި އެންމެންނަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.