Advertisement

އެފްބީއައިއިން ޓްރަމްޕްގެ ގެކޮޅުން ގެންދިޔައީ ސިއްރު ލިޔުންތަކެއް

13 އޮގަސްޓު 2022 - 13:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް. -- ފޮޓޯ: ގެޓީ އިމޭޖާޒް


އެފްބީއައިއިން ޓްރަމްޕްގެ ގެކޮޅުން ގެންދިޔައީ ސިއްރު ލިޔުންތަކެއް

13 އޮގަސްޓު 2022 - 13:26 0

މި ހަފްތާގައި ފްލޮރިޑާގައި ހުންނަ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެކޮޅު ބަލައި ފާސްކޮށް، އެފްބީއައިއިން ގެންދިޔައީ ސިއްރު ލިޔުންތަކެއް ކަމަށް ބުނެފި އެވެ.

އެފްބީއައިގެ އޭޖެންޓުން ތަފާތު 11 ލިޔުމެއް ގެންދިޔަ އިރު، އޭގެ ތެރެއިން ބައެއް ލިޔުމަކީ ލީކުވެއްޖެ ނަމަ އެމެރިކާގެ ގައުމީ ސަލާމަތަށް "އިންތިހާ ނުރައްކާ" ވާނެ ކަމަށް ކަަނޑައަޅާފައިވާ ލިޔުންތަކެވެ.

ޓްރަމްޕް ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އެ ހުރިހާ ލިޔުމަކީ ވެސް ޑީކްލެސިފައި ނުވަތަ އާއްމު ކުރަން ނިންމާފައިވާާ ލިޔުންތައް ކަމަށެވެ.

މިއީ ޖިނާއީ ތަހުގީގެއްގައި އެމެރިކާގެ ކުރީގެ ރައީސެއްގެ ގެކޮޅު ފާސްކުރި ފުރަތަމަ ފަހަރެވެ. '

ބަލައި ފާސް ކުރުމުގެ އަމުރުގައިވާ ގޮތުން އެފްބީއައި އޭޖެންޓުން ޓްރަމްޕްގެ ގެކޮޅު ޗެކް ކުރީ ޖާސޫސް ކުރުމުގެ ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ފެނޭތޯ އެވެ.

ސިއްރު ލިޔުންތައް ގާނޫނާ ހިލާފަށް އަތުގައި ބެހެއްޓުމުގެ އަދަބު މަތި ކުރީ ޓްރަމްޕްގެ ވެރިކަމުގަ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ މިހާރު ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާާނެ އެވެ.

ޓްރަމްޕްގެ އޮފީހުން ހުކުރު ދުވަަހު ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނު ރައީސްކަމުގައި ހުންނެވި އިރު، ލިބިވަޑައިގެންނެވި ބާރުގެ ދަށުން އެ ހުރިހާ ލިޔުމެއް ވެސް ޑީކްލެސިފައިކޮށްފައިވާ ކަމަށެވެ.