Advertisement

ބޮޑު ހިޔާނާތް: ޑޮލަރު ގަންނަން އެމްޕީއެލްއިން ދިން ފައިސާ ނުލިބިގެން ލޯނަކަށް ބަދަލުކޮށްދީފި

11 އޮގަސްޓު 2022 - 10:50 0

އަމަން ހަލީމް

އަމަން ހަލީމް

އެމްޕީއެލް


ބޮޑު ހިޔާނާތް: ޑޮލަރު ގަންނަން އެމްޕީއެލްއިން ދިން ފައިސާ ނުލިބިގެން ލޯނަކަށް ބަދަލުކޮށްދީފި

11 އޮގަސްޓު 2022 - 10:50 0

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ދުވަސްވަރު ޑޮލަރު ދޭނެ ކަމަށް ބުނެ އެމްއެމްޕީއާރުސީން ނެގި ފައިސާ އެމްޕީއެލްއަށް ނުލިބިގެން، މިހާތަނަށް ނުދީ ހުރި އަދަދު ދިގު މުއްދަތުގެ ލޯނަކަށް ބަހާލައިގެން ދައްކާ ގޮތަށް އެއްބަސްވެއްޖެ އެވެ.

މި ފައިސާތަކަކީ ރޭވިގެން ހިންގި އެމްއެމްޕީއާރްސީ ހިޔާނާތުގެ ދުވަސްވަރު އެމްޕީއެލްގެ އޮފަރޭޝަނަށް ބޭނުންވާ ޑޮލަރު ހޯދަން ޕްރޮމިސަރީ ނޯޓްސްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދޫކުރި ފައިސާ އެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ހިޔާނާތް ފަޅާއެރި ފަހުން ކުރި އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓުންނެވެ. އޮޑިޓާ ޖެނެރަލް އޮފީހުން 2016 ގައި ނެރުނު އެ ރިޕޯޓުގައިވާ ގޮތުގައި ސައްތައިންސައްތަ ސަރުކާރު ހިއްސާވާ އެ ދެ ކުންފުނީގެ މެދުގައި ޑޮލަރު ގަނެ ވިއްކުމަށް 2014 އިން ފެށިގެން ހަ އެއްބަސްވުމެއް އެކުލަވާލި އެވެ.

މި އެއްބަސްވުންތަކުގެ ދަށުން 13.31 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އެމްޕީއެލްއިން ދިނެވެ. އޭގެ ތެރެއިން އަނބުރާ ލިބުނީ 7.79 މިލިއަން ޑޮލަރެވެ. ބާކީ 5.52 މިލިއަން ޑޮލަރު ނުލިބޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކުރި އެވެ.

މިގޮތަށް އެމްޕީއެލްއަށް އަނބުރާ ދިން ފައިސާގެ ތެރެއިން ހިޔާނާތުގެ ތެރެއިން ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓު ޗެކުތަކުން ދެއްކި ފައިސާ ހިމެނޭ ކަމަށް މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނެރުނު ރިޕޯޓުން ވަނީ އެނގިފަ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެމްޕީއެލްގެ މިދިޔަ އަހަރުގެ މާލީ އޮޑިޓުގައިވާ ގޮތުގައި، އެމްއެމްޕީއާރުސީން ދޭންޖެހޭ ފައިސާގެ ތެރެއިން މިހާރު ނުލިބިވަނީ 2015 ވަނަ އަހަރުގެ 31 މާޗު އަދި 27 އޭޕްރީލްގައި ދޫކުރި ޕްރޮމިސަރީ ނޯޓުތަކުގެ ފައިސާ އެވެ.

އެ އަހަރުގެ ނިޔަލަށް އެމްޕީއެލްއަށް ނުލިބިވަނީ 76.8 މިލިއަން ރުފިޔާ އެވެ.

ދެ ކުންފުނިން އެއްބަސްވެފައިވަނީ އަހަރަކު އަހަރަކު 4.6 ޕަސެންޓު އިންޓްރެސްޓުގައި މި ފައިސާ 15 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށެވެ.

އޭގެ ފަހުން 2020 ގައި އެއް މިލިއަން ރުފިޔާ އަދި 2021 ގައި 3.6 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.