Advertisement

މޯސުލް އެއާޕޯޓް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

11 އޮގަސްޓު 2022 - 11:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި މޯސުލް އެއާޕޯޓަށް ބޮޑެތި ގެއްލުން ލިބުނު.


މޯސުލް އެއާޕޯޓް އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

11 އޮގަސްޓު 2022 - 11:01 0

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ކުރި ހަނގުރާމައިގަައި ބޮޑެތި ގެއްލުންތަކެއް ލިބުނު އިރާގުގެ މޯސުލް އިންޓަނޭޝަނަލް އެއާޕޯޓު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަސް އަހަރު ފަހުން ފަށައިފި އެވެ.

އެމެރިކާއިން އިސްވެ ހިންގި ބައިނަލްއަގްވާމީ އަސްކަރީ ކޯލިޝަނާއި އިރާގު ސިފައިން މޯސުލް ސިޓީއިން އައިއެސް ބޭރު ކުރުމަށް ކުރި ހަނގުރާމައިގައި ސިޓީގެ އުތުރަށް ގެއްލުން ލިބުނެވެ.

އެ ސިޓީއިން އައިއެސް ބޭރު ކުރެވުނީ ޖުލައި 2017 ގަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ގެއްލުން ލިބުނު ގިނަ ތަންތަން މަރާމާތުކޮށްފައެއް ނުވެ އެވެ.

އަައިއެސްއިން 2014 ވަނަ އަހަރު މޯސުލް އާއި ވަށައިގެންވާ ހިސާބުތައް ހިފުމާ އެކު، މޯސުލް އިންޓަނޭޝަނަލް އެއާޕޯޓް ބޭނުން ކުރުން މެދުކަނޑާލި އެވެ.

އެ އެއާޕޯޓް އަލުން މަރާމާތު ކުރުމުގެ މަަސައްކަތް ފައްޓަވައި ދެއްވީ ބޮޑު ވަޒީރު މުސްތަފާ ކަދޭމީ އެވެ. އެ މަސައްކަތް ހަވާލު ކުރީ 24 މަހުގެ ތެރޭގައި ނިންމާ ގޮތަށް ތުރުކީގެ ދެ ކުންފުންޏަކާ އެވެ.

މޯސުލްގެ ގިނަ ތަންތަން މަރާމާތުކޮށްފައި ނުވި ނަމަވެސް، އެ ތަނުގައި ދިރިއުޅޭ 1.5 މިލިއަން މީހުން ވަނީ އާއްމު ދިރިއުޅުމަށް ރުޖޫއަވެފަ އެވެ. އެގޮތުން ފިހާރަތައް ހުޅުވައި، މަގުތަކުގައި ޓްރެފިކް ބޮޑުވެ، ތާރީހީ ބިނާތައް މަރާމާތު ކުރުން ވެސް ވަނީ ފަށާފަަ އެވެ.