Advertisement

އިއުތިރާފު ބަޔާނުން ކުށް ސާބިތުކުރާނަމަ ހިލާފު އުފެދޭނެ: ނަޝީދު

8 އޮގަސްޓު 2022 - 13:24 3

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފައިލް ފޮޓޯ


އިއުތިރާފު ބަޔާނުން ކުށް ސާބިތުކުރާނަމަ ހިލާފު އުފެދޭނެ: ނަޝީދު

8 އޮގަސްޓު 2022 - 13:24 3

މަރުގެ މައްސަލަތައް ސާބިތު ކުރުމުގައި އިއުތިރާފު ބަޔާނުން ކުށް ސާބިތު ކުރާނަމަ އެ ކަމުގައި ހިލާފު އުފެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއުގެ މަރާ ގުޅިގެން ކުރެއްވި ޓްވީޓުގައި ނަޝީދު ވިދާޅުވީ އިތުރު މީހެއްގެ އިއުތިރާފް ބަޔާނަށް ބުރަނުވާ ތަހުގީގެއް ކޮށް، ގާތިލުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ.

"ތުހުމަތު ކުރެވޭ މީހާގެ އިއުތިރާފު ބަޔާނުގެ މައްޗަށް ކުށް ސާބިތު ކުރަނީ ނަމަ އަބަދުވެސް ހިލާފު އުފެދޭނެ،" އިއްޔެ ކުރެއްވި ޓްވީޓު އިތުރަށް ތަފްސީލެއް ކޮށްދެއްވަމުން ނަޝީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިހާރު އަމަލު މިކުރާ ގާނޫނު އަސާސީން ގެންނަން އެދުނު އެންމެ ބޮޑު ބަދަލަކީ އިއުތިރާފު ބަޔާން ނަގަން ނުޖެހި، ހެއްކާއި ގަރީނާއިން ކުށް ސާބިތު ކުރުމެވެ.

ޝިއާގެ މަރާ ގުޅިގެން، ކްރައިމް ސީނުން ތުހުމަތު ކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް ހައްޔަރުކުރި ނަމަވެސް އޭނާ މިހާތަނަށް ކުށަށް އިއުތިރާފްވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.