Advertisement

ގާޒާއަށް ހަމަލާދިނުން މެދުކަނޑާލަން މަޝްވަރާ ކުރަނީ

8 އޮގަސްޓު 2022 - 05:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިހާތަނަށް ފަލަސްތީނުގެ 31 މީހުން މަރުވެފައިވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ގާޒާއަށް ހަމަލާދިނުން މެދުކަނޑާލަން މަޝްވަރާ ކުރަނީ

8 އޮގަސްޓު 2022 - 05:30 0

މިދިޔަ ހުކުރު ދުވަަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމާ ގުޅޭ ގޮތުން މިސްރު މެދުވެރިވެގެން މަޝްވަރާ ފަަށައިފި އެވެ.

އިޒްރޭލުގެ ހަމަލާތަކަށް ރައްދުގައި ޕަލަސްތީނިއަން އިސްލާމިކް ޖިހާދް (ޕީއައިޖޭ) އިން ދަނީ ހަމަަލާތައް ފޮނުވަމުންނެވެ. މިހާތަނަށް ފަަލަސްތީނުގެ 31 މީހުން ވަނީ މަރުވެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހަމަލާތައް މެދުކަނޑާލަން ޕީއައިޖޭ އާއި އިޒްރޭލުން އެއްބަސްވި ނަމަވެސް، މަޝްވަރާތަައް އަދިވެސް ދަނީ ކުރިއަށެވެ.

އިޒްރޭލުން ބުނީ ޕީއައިޖޭގެ މެމްބަރުންނަށް ހަމަލާ ދޭން ފެށީ އެ ގްރޫޕުން އިޒްރޭލަށް އިންޒާރު ދިނުމުން ކަމަށެވެ. ޕީއައިޖޭއިން އިޒްރޭލަށް ބޮމުގެ ހަމަލާ ދޭނެ ކަމަށް އިންޒާރު ދިނީ އެ ގްރޫޕުގެ އިސް މެމްބަރަކު ހުޅަނގު އައްސޭރިން ހައްޔަރު ކުރުމުންނެވެ.

އިޒްރޭލުން ހަމަލާދެމުން ދިޔަ ނަމަވެސް ގާޒާގައި ވެރިކަން ކުރާ ހަމާސް ގްރޫޕުން މިހާތަނަށް ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ.

އިރާނުގެ އެއްބާރުލުމާ އެކު ހިންގ ޕީއަައިޖޭގެ މައި އޮފީސް ހުންނަނީ ސީރިއާގެ ޑިމިޝްކުގަ އެވެ. އެއީ ގާޒާގެ އެންމެ ވަރުގަދަ އެއް ހަތިޔާރު އެޅި ގްރޫޕެވެ.

އިޒްރޭލާއި ޕީއައިޖޭއާ ދެމެދު ނޮވެމްބަރު 2019 ގައި ފަސް ދުވަހުގެ ހަނގުރާމައެއް ކުރި އެވެ. އެ ފަހަރު ހަމަލާތައް ފެށީ އިޒްރޭލުން ޕީއައިޖޭގެ އިސްވެރިޔަކު މަރާލުމުންނެވެ.

އޭރު ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 34 މީހުން މަރުވެ، 111 މީހުންނަށް އަނިޔާވި އެވެ. އަދި އިޒްރޭލުގެ 63 މީހުންނަށް ވެސް އަނިޔާވި އެވެ.