Advertisement

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

7 އޮގަސްޓު 2022 - 20:28 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ފޮރިން މިނިސްޓަރު އަބްދުﷲް ޝާހިދު--


އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ސަރުކާރުން ކުށްވެރިކޮށްފި

7 އޮގަސްޓު 2022 - 20:28 0

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިޒްރޭލުން ގައްޒާއަށް ބޮން އަޅައި، ދެ ދުވަހުގެ ތެރޭގައި މުސްލިމުންގެ 24 މީހުން ވަނީ ޝަހީދު ކޮށްލައިފަ އެވެ. ޔަހޫދީންގެ ވަރުގަދަ ވައިގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި، މި އުދުވާންތަކުގައި 203 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމް ކޮށްލާފަ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުން ވެރިވެގެން އުޅޭ ފަލަސްތީނުގެ ގާޒާއަށް ހަމަލާދީ، ކުށެއް ނެތް އާންމުންގެ ބަޔަކު ޝަހީދުކޮށްލި އަނިޔާވެރި އަމަލު ކުށްވެރިކުރާ ކަމަށެވެ.

މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަދިނުމާއެކު އެގައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުން ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

"ފަލަސްތީނުގެ ހަތިޔާރެއް ނެތް އަންހެނުންނާއި ކުޑަކުދިންނާއި ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ހިންގާ އަމަލުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވޭ. އަދި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅެނީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާއި ހިލާފަށް،" ސަރުކާރުގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ހޮނިހިރު ދުވަހު ވެސް އިޒްރޭލުން ގާޒާއަށް ގިނަ ވައިގެ ހަމަލާތައް ދިނެވެ. އެގޮތުން ޕީއައިޖޭގެ މެމްބަރެއްގެ ގެޔަކަށް ދެ ބޮން ވައްޓާލީ، އާއްމުން ދުރަަށް ދިޔުމަށް އިންޒާރު ދިނުމަށް ފަހު ކަމަަށް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލުން ބުނީ ޕީއައިޖޭގެ މެމްބަރުންނަށް ހަމަލާ ދޭން ފެށީ އެ ގްރޫޕުން އިޒްރޭލަށް އިންޒާރު ދިނުމުން ކަމަށެވެ. ޕީއައިޖޭއިން އިޒްރޭލަށް ބޮމުގެ ހަމަލާ ދޭނެ ކަމަށް އިންޒާރު ދިނީ އެ ގްރޫޕުގެ އިސް މެމްބަރަކު ހުޅަނގު އައްސޭރިން ހައްޔަރު ކުރުމުންނެވެ.

ޕީއައިޖޭގެ އިސްވެރިޔެއް ކަމުގައިވާ ބާސިމް ސާދީ ހުޅަނގު އައްސޭރީގައި ހުއްޓައި އިޒްރޭލް ފުލުހުން އޭނާ ހައްޔަަރު ކުރީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އިރާނުގެ އެއްބާރުލުމާ އެކު ހިންގ ޕީއަައިޖޭގެ މައި އޮފީސް ހުންނަނީ ސީރިއާގެ ޑިމިޝްކުގަ އެވެ. އެއީ ގާޒާގެ އެންމެ ވަރުގަދަ އެއް ހަތިޔާރު އެޅި ގްރޫޕެވެ.

އިޒްރޭލާއި ޕީއައިޖޭއާ ދެމެދު ނޮވެމްބަރު 2019 ގައި ފަސް ދުވަހުގެ ހަނގުރާމައެއް ކުރި އެވެ. އެ ފަހަރު ހަމަލާތައް ފެށީ އިޒްރޭލުން ޕީއައިޖޭގެ އިސްވެރިޔަކު މަރާލުމުންނެވެ. އޭރު ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 34 މީހުން މަރުވެ، 111 މީހުންނަށް އަނިޔާވި އެވެ. އަދި އިޒްރޭލުގެ 63 މީހުންނަށް ވެސް އަނިޔާވި އެވެ.