Advertisement

ކޮވިޑް ފެތުރޭތީ ޗައިނާގެ ހަވާއީގައި 80،000 ފަތުރުވެރިން ތާށިވެއްޖެ

8 އޮގަސްޓު 2022 - 06:24 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސަންޔާއަކީ ޗައިނާގައި މަގްބޫލު ރިސޯޓެއް. -- ފޮޓޯ: ބީބީސީ


ކޮވިޑް ފެތުރޭތީ ޗައިނާގެ ހަވާއީގައި 80،000 ފަތުރުވެރިން ތާށިވެއްޖެ

8 އޮގަސްޓު 2022 - 06:24 0

ޗައިނާގެ މަގްބޫލް ރިސޯޓެއްގައި ކޮވިޑް ފެތުރޭތީ ލޮކްޑައުން ކުރުމުން 80،000 އަށް ވުރެ ގިނަ ފަތުރުވެރިން ތާށިވެއްޖެ އެވެ.

ޗައިނާގެ ހަވާއީގެ ގޮތުގައި މަގްބޫލް ސަންޔާއަށް ދަތުރު ކުރާ ފްލައިޓާއި ރޭލުތައް ކެންސަލް ކުރީ އެ ތަަނުން 263 ޕޮޒިޓިވް ކޭސް ފެނުމުންނެވެ.

ލޮކްޑައުންގެ މުއްދަތުގައި ފަތުރުވެރިން އެ ތަން ދޫކޮށް ދާން ބޭނުން ނަމަ ހަތް ދުވަސް ތެރޭ ހަދާ ޕީސީއާރް ޓެސްޓުތަކުގެ ފަސް ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހޭނެ އެވެ.

ދެކުނު ހައިނާން އައިލެންޑުގެ ސިޓީއެއްގެ ގޮތުގައި އޮންނަ ސަަންޔާ ލޮކްޑައުން ކުރަން ޖެހިފައި ވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަންއާ ދިމާކޮށްފަ އެވެ.

އޭއެފްޕީއިން ބުނީ އެ ތަނުގެ ސުޕަމާކެޓުތަކާއި ފާމަސީތައް ހުޅުވާފައި ހުރި ނަމަވެސް، މުނިފޫހިފިލުވުމާ ގުޅޭ ހުރިހާ ތަނެއް މިދިޔަ ހަފްތާއިން ފެށިގެން ބަންދުކޮށްފައިވާ ކަމަށެވެ.

އިދާރާތަކުން ބުނީ ލޮކްޑައުން އުވާލެވެންދެން ސަންޔާގެ ހޮޓެލްތަކުން 50 ޕަސެންޓު ޑިސްކައުންޓް ދިނުމަށް އަންގާނެ ކަމަށެވެ.

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ޗައިނާއިން މަރުވީ 15،000 މީހުންނެވެ. އެއީ ނިސްބަތުން މަދު އަދަދެއް ނަމަވެސް، އެ ގައުމުން ކޮވިޑާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތަށް ބަދަލެއް ނުގެނެ އެވެ.