Advertisement

ވިލާ ގޭސްގެ ލަކީ ޑްރޯގެ ނަސީބުވެރިންނަށް ފައިސާގެ އިނާމު ހަވާލު ކޮށްފި

7 އޮގަސްޓު 2022 - 20:31 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވިލާ ގޭސްފުޅިތަކެއް ހިފައިގެން އެ ތަނުގެ މުވައްޒަފަކު މަސައްކަތް ކުރަނީ--


ވިލާ ގޭސްގެ ލަކީ ޑްރޯގެ ނަސީބުވެރިންނަށް ފައިސާގެ އިނާމު ހަވާލު ކޮށްފި

7 އޮގަސްޓު 2022 - 20:31 0

ވިލާ ކުންފުނީގެ ވިލާ ހަކަތަ އިން "ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" ގެ ނަމުގައި މިދިޔަ އަހަރު ފެށި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިންނަށް ފައިސާގެ އިނާމު ހަވާލު ކޮށްފި އެވެ.

"ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ހަ މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރުކޮށް ފައިސާ ދައްކާ މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ހަ މަސް ދުވަހުގެ ނަސީބުވެރިން ވަނީ ޖުލައި ހަ ވަނަ ދުވަހު ހޮވާފަ އެވެ. އެއީ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން މީހެކެވެ. އެއިން ކޮންމެ މީހަކަށް މިއަދު 6،000ރ ލިބޭނެ އެވެ. އެއީ ހިޔާ ފެލްޓްތަކުގެ ހަ މަސް ދުވަހުގެ މެއިންޓެނެންސް ފީއަށް ވާ އަގެވެ.

އެ މީހުނާ ފައިސާގެ އިނާމު ހަވާލު ކޮށްފައި ވަނީ މިއަދު ހަވީރު ހިޔާ ފްލެޓްގެ 14 ވަނަ ޓަވަރު ކައިރީގަ އެވެ.

މި ޕްރޮމޯޝަން މިހާރުވެސް ދަނީ ކުރިއަށްކަން ފާހަގަކޮށްލަން ޖެހެ އެވެ. އަދި މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ގޭސް ފުޅީގެ އަގު މުޅިން ހިލޭ ކުރެވޭ ގޮތްވެސް ހަދާފައި ވެ އެވެ. އެގޮތުން ރެޖިސްޓާ ކުރުމަށް 3336633 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.