7 އޮގަސްޓު 2022 - 16:41 2
މުހައްމަދު އުޝާމް
މަރާލާފައިވާ ޝިއާއު މުހައްމަދު ސައީދު (ޝިއާ)
7 އޮގަސްޓު 2022 - 16:41 2
ހ. ޝީރީންވިލާގައި ރޭ ދަންވަރު މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ހަށިގަނޑު ޕޯސްޓްމޯޓް ހެދުމަށް ޓަކައި އިންޑިއާއަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި، ވީހާވެސް އަވަހަށް ހަށިގަނޑު ފޮނުވަން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއަދު ހަށިގަނޑު ފޮނުވެން ނެތް ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައި ވެ އެވެ.
މި ހާދިސާ ހިނގި ކަމާއި މި މަރާ ގުޅޭ ތުހުމަތުގައި މީހަކު ހައްޔަރުކުރިކަން ފިޔަވައި އެއްވެސް މައުލޫމާތެއް ފުލުހުންގެ ފަރާތުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
މި މައްސަލާގައި ހައްޔަރު ކުރި މީހަކީ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް، 23، އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ވެސް ހާޒިރު ކުރި އެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ކޯޓުން އަމުރުކުރި އިރު، ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށް ގެންދިޔައީ ނޫސްވެރިންނާއި އާންމުން ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.
ބަންދު މަޖިލީހުގެ އަޑުއެހުން ސިއްރުކުރަން ނިންމީ ފުލުހުން އެ ގޮތަށް އެދުމުންނެވެ. ނަމަވެސް ފުލުހުން އެ ގޮތަށް އެދުނު ސަބަބެއް ހާމައެއް ނުކުރެ އެވެ.
ޝާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ޝާހިލްއާ ފެއަށް ޖެހިލި އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ހުރީ ބުރިކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތް ކޮށްފައިވެ އެވެ.
Comment