Advertisement

ޝިއާގެ އަނިޔާވެރި މަރު: ފޮރެންސިކް ފުލުހުން އަދިވެސް އެތަނުގައި، ތަހުގީގު ކުރިއަށް

7 އޮގަސްޓު 2022 - 15:02 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ހ. ޝީރީން ވިލާގައި ހިނގި އަނިޔާވެރި މަރާއި ގުޅޭ ބައެއް ހެކިތައް އެގެއިން ނެރެގެން ފުލުހުން ގެންދަނީ --- ފޮޓޯ: އަދަދު


ޝިއާގެ އަނިޔާވެރި މަރު: ފޮރެންސިކް ފުލުހުން އަދިވެސް އެތަނުގައި، ތަހުގީގު ކުރިއަށް

7 އޮގަސްޓު 2022 - 15:02 0

ހ. ޝީރީންވިލާގައި ރޭ ދަންވަރު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައަށް 16 ގަޑިއިރުވެފައިވާއިރު އަދިވެސް ފުލުހުންގެ ތަހުގީގު ޓީމު އެ ތަނުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.

ރެއިން ފެށިގެން ފުލުހުންގެ ފޮރެންސިކް ޓީމުން އެތަނުގައި ހަރަކާތްތެރިވަމުން އަންނައިރު ގިނަ އަދަދެއްގެ ހެކި އެޕާޓުމަންޓުން ނެރެގެން ވަނީ ގެންގޮސްފަ އެވެ. އެގޮތުން، އެ ގޭގެ ނުވަވަނަ ފަންގިފިލާއިން ނެރެގެން 10 އެވިޑެންސް ބޭގް ފުލުހުން ގެންދިޔަތަން "އަދަދު" ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އެ އެޕާޓުމަންޓުގެ ހުރިހާ ތަނެއް ފުލުހުން ގެންދަނީ ބަލައި ފާސްކުރަމުންނެވެ.

ފުލުހުން އަންނަނީ އެގެޔަށް ވަދެ ނުކުމެ ހަދާ ހުރިހާ މީހުންގެ މައުލޫމާތުތައް ވެސް ނަގައި ބަލަހައްޓަމުންނެވެ. ފުލުހުންގެ ތަހުގީގު ޓީމުން އެތަން ދޫކޮށްދާނެ ވަގުތެއް އަދި ނޭނގެ އެވެ.

ޝިއާ މަރާލި ތަނުގައި ހުއްޓާ ރޭ ހައްޔަރުކުރި އަލީ ޝާހިލް، 23، ގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރި ކުރުމަށް ހުރީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތްކޮށްފައި ހުރި ކަމަށްވެ އެވެ. މި ހާދިސާގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

ޝިއާއަކީ ލަވައި ކިޔައި މޮޑެލް ކުރުމުގެ މަަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

ޝާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ޝާހިލްއާ ފެއަށް ޖެހިލި އެވެ.