Advertisement

ޕަލަސްތީނިއަން އިސްލާމިކް ޖިހާދުގެ ދެ ވަނައަށް އެންމެ އިސް ކޮމާންޑަރު މަރާލައިފި

8 އޮގަސްޓު 2022 - 08:34 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހާލިދް މަންސޫރް (ކ) އަދި ތައިސީރް ޖަބަރީ. -- ފޮޓޯ: އަޝްރަފް އަމްރާ


ޕަލަސްތީނިއަން އިސްލާމިކް ޖިހާދުގެ ދެ ވަނައަށް އެންމެ އިސް ކޮމާންޑަރު މަރާލައިފި

8 އޮގަސްޓު 2022 - 08:34 0

ޕަލަސްތީނިއަން އިސްލާމިކް ޖިހާދް (ޕީއައިޖޭ) ގެ ދެ ވަނައަށް އެންމެ އިސް ކޮމާންޑަރު ހާލިދް މަންސޫރް އިޒްރޭލުގެ ހަމަލާއެއްގައި މަރުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ފޮނުވަމުންދާ ހަމަލާތަކުގައި މީގެ ކުރިން ވެސް ޕީއައިޖޭގެ އިސް ކޮމާންޑަރަކު މަރުވި އެވެ. އެއީ ތައިސީރް ޖަބަރީ އެވެ.

އެ ދެ މީހުންނާ އެކު މިހާތަނަަށް ފަލަސްތީނުގެ 32 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކަށް ރައްދުގައި ގާޒާއިން މިދިޔަ ހުކުރު ދުވަހުން ފެށިގެން 600 އަށް ވުރެ ގިނަ ރޮކެޓާއި މޯޓާ ހަމަލާ ފޮނުވި ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުނެ އެވެ.

އިޒްރޭލުން ބުނީ ޕީއައިޖޭގެ މެމްބަރުންނަށް ހަމަލާ ދޭން ފެށީ އެ ގްރޫޕުން އިޒްރޭލަށް އިންޒާރު ދިނުމުން ކަމަށެވެ. ޕީއައިޖޭއިން އިޒްރޭލަށް ބޮމުގެ ހަމަލާ ދޭނެ ކަމަށް އިންޒާރު ދިނީ އެ ގްރޫޕުގެ އިސް މެމްބަރަކު ހުޅަނގު އައްސޭރިން ހައްޔަރު ކުރުމުންނެވެ.

މިހާރުގެ ހަމަލާ ބަދަލުތަކުގެ ކުރިން މިދިޔަަ އަހަރުގެ މޭ މަހު ކުރި 11 ދުވަހުގެ ހަނގުރާމައިގައި ފަލަަސްތީނުގެ 200 އަށް ވުރެ މީހުން މަރުވި އެވެ.

"ބްރޭކިން ޑޯން" ގެ ނަމުގައި އިޒްރޭލުން މިހާރު ގާޒާއަށް ދެމުންދާ ހަމަލާތައް ހަފްތާއަކަށް ދެމިގެން ހިނގައިދާނެ ކަމަށް އިޒްރޭލް ސިފައިން ބުނެ އެވެ.

އިޒްރޭލުން ހަމަލާދެމުން ދިޔަ ނަމަވެސް ގާޒާގައި ވެރިކަން ކުރާ ހަމާސް ގްރޫޕުން މިހާތަނަށް ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ. އެހެންވެ، އިޒްރޭލުން ވެސް ހަމާސްގެ ޓާގެޓުތަކަށް މިހާތަނަށް ހަމަލާއެއް ނުފޮނުވަ އެވެ.

އިރާނުގެ އެއްބާރުލުމާ އެކު ހިންގ ޕީއަައިޖޭގެ މައި އޮފީސް ހުންނަނީ ސީރިއާގެ ޑިމިޝްކުގަ އެވެ. އެއީ ގާޒާގެ އެންމެ ވަރުގަދަ އެއް ހަތިޔާރު އެޅި ގްރޫޕެވެ.

އިޒްރޭލާއި ޕީއައިޖޭއާ ދެމެދު ނޮވެމްބަރު 2019 ގައި ފަސް ދުވަހުގެ ހަނގުރާމައެއް ކުރި އެވެ. އެ ފަހަރު ހަމަލާތައް ފެށީ އިޒްރޭލުން ޕީއައިޖޭގެ އިސްވެރިޔަކު މަރާލުމުންނެވެ.

އޭރު ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 34 މީހުން މަރުވެ، 111 މީހުންނަށް އަނިޔާވި އެވެ. އަދި އިޒްރޭލުގެ 63 މީހުންނަށް ވެސް އަނިޔާވި އެވެ.