Advertisement

ޝިއާގެ މަރުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރަން އަމުރުކޮށްފި

7 އޮގަސްޓު 2022 - 13:47 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލާގައި ހައްޔަރުކުރި އަލީ ޝާހިލް


ޝިއާގެ މަރުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކުރަން އަމުރުކޮށްފި

7 އޮގަސްޓު 2022 - 13:47 0

ހ. ޝީރީންވިލާގައި ރޭ ދަންވަރު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލާގައި ހައްޔަރުކުރި އަލީ ޝާހިލް، 23، ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޝިއާ މަރާލި ތަނުގައި ހުއްޓާ ރޭ ހައްޔަރުކުރި އަލީ ޝާހިލް، 23، ގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު އެ އަޑުއެހުން ބޭއްވީ މީޑިއާތަކާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ. އެ އަޑުއެހުމުގައި ނިންމީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެ އަޑުއެހުން ސިއްރުކުރަން ގާޒީ ނިންމެވީ ފުލުހުން އެ ގޮތަށް ނިންމުމުންނެވެ. އަޑު އެހުން ސިއްރުކުރަން ފުލުހުން އެދުނު ސަބަބެއް ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހްއާ ވެސް އެ ކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ވިދާޅުވީ، ތަހުގީގުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގެ އޮތް މައްސަލައެއް ކަމުން އަދި އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

"ވަރަށް އިނީޝަލް ސްޓޭޖްއެއްގައި ހިނގަމުންދާ ތަހުގީގަކަށް ވާތީވެ އަދި ނެތް އިތުރު މައުލޫމާތެއް ދެވޭކަށް، ފުލުހުން އިސްވެ ހާމަކުރަން ޖެހޭ މައުލޫމާތުތައް މީޑިއާއަށް ދެމުން ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޝިއާއަކީ ލަވައި ކިޔައި މޮޑެލް ކުރުމުގެ މަަސައްކަތް ކުރަމުން އައި ޒުވާނެކެވެ.

ޝާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ޝާހިލްއާ ފެއަށް ޖެހިލި އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރި ކުރުމަށް ހުރީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތްކޮށްފައި ހުރި ކަމަށްވެ އެވެ. މި ހާދިސާގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.