Advertisement

ޝާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ސިއްރުކޮށްފި

7 އޮގަސްޓު 2022 - 11:08 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޝާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ސިއްރުކޮށްފި

7 އޮގަސްޓު 2022 - 11:08 0

ހ. ޝީރީންވިލާގައި ރޭ ދަންވަރު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލާގައި ހައްޔަރުކުރި އަލީ ޝާހިލް، 23، ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ސިއްރުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މި ހާދިސާ ހިނގި ކަމާއި މި މަރާ ގުޅޭ ތުހުމަތުގައި މީހަކު ހައްޔަރުކުރިކަން ފިޔަވައި އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މައްސަލާގައި ފުލުހުން ހައްޔަރުކުރި އަލީ ޝާހިލް އަކީ ރާއްޖޭގެ ޒުވާން އެންމެ މޮޅު އެއް ސްކޭޓަރެކެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު "އަދަދު"އަށް މިއަދު ވިދާޅުވި ގޮތުގައި އެ އަޑުއެހުން ސިއްރު ކުރަން ގާޒީ ނިންމެވީ ފުލުހުން އެ ގޮތަށް އެދުމުންނެވެ.

އެކަމަކު އަޑުއެހުން ސިއްރުކުރަން ފުލުހުން އެދުނު ވަކި ސަބަބެއް އަދި ސާފެއް ނޫނެވެ.

ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހްއާ ވެސް އެ ކަމާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ވިދާޅުވީ، ތަހުގީގުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގެ އޮތް މައްސަލައެއް ކަމުން އަދި އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

"

ވަރަށް އިނީޝަލް ސްޓޭޖްއެއްގައި ހިނގަމުންދާ ތަހުގީގަކަށް ވާތީވެ އަދި ނެތް އިތުރު މައުލޫމާތެއް ދެވޭކަށް، ފުލުހުން އިސްވެ ހާމަކުރަން ޖެހޭ މައުލޫމާތުތައް މީޑިއާއަށް ދެމުން ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޝިއާއުގެ ހަށިގަނޑު ފުލުހުން ނެރުނު އިރު ދެ ބޮޑީ ބޭގް ވެސް ނެރުނެވެ. އެހެންވެ، ބެލެވެނީ ހަށިގަނޑު އޮތީ ބުރިކޮށްފައި ކަމުގަ އެވެ. ހަށިގަނޑު ވަނީ ގަލޮޅު މޯޗަރީއަށްް ގެންގޮސް ލައިފަ އެވެ.

ޝިއާއަކީ ލަވައި ކިޔައި މޮޑެލް ކުރުމުގެ މަަސައްކަތް ކުރަމުން އައި ޒުވާނެކެވެ.