Advertisement

މި ވަގުތު މުހިންމީ ތިން ޕޮއިންޓް، ކުޅުން ރަނގަޅުކުރެވޭނެ: ޓުޗެލް

7 އޮގަސްޓު 2022 - 11:11 0


މި ވަގުތު މުހިންމީ ތިން ޕޮއިންޓް، ކުޅުން ރަނގަޅުކުރެވޭނެ: ޓުޗެލް

7 އޮގަސްޓު 2022 - 11:11 0

ލަންޑަން (7 އޯގަސްޓް) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 1-0 އިން ޗެލްސީ މޮޅުވިއިރު، މި މެޗުން އެންމެ މުހިންމީ ތިން ޕޮއިންޓް ކަމަށާއި ކުރިއަށް އޮތް ތަނުގައި ކުޅުން ރަނގަޅުކުރެވޭނެ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އުނދަގޫ ޕްރީ ސީޒަނަކަށް ފަހު، މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި އެވަޓަން އަތުން ރަށުން ބޭރުގައި މޮޅުވީ އުނދަގުލުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ ޖޯޖީނިއޯ އެވެ.

އެމެރިކާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަނަށް ޓީމު ވަރުބަލިވެ، މި ސީޒަނަށް އަދި ޓީމު ތައްޔާރުނުވާ ކަމަށް ޓުޗެލް ވަނީ މެޗުގެ ކުރިން ބުނެފަ އެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ޓުޗެލް ބުނީ މި މެޗުގައި މުހިންމީ ލިބުނު ނަތީޖާ ކަމަށެވެ.

"މޮޅެއް ވާނީ މޮޅަކަށް. އެއީ މި ވަގުތު އެންމެ މުހިންމު ކަމަކީ. ދެން ހުރި ކަންތައްތައް ރަނގަޅުކުރެޥޭނެ،" ޓުޗެލް ބުންޏެވެ.

"ޗެލްސީ މި ކުޅުނީ އެންމެ މަތީ ފެންވަރެއްގައި ނޫން. ކުޅުންތެރިންތަކެއް ޓީމަށް ގެނެވުނު އެކަމަކު އެ ކުޅުންތެރިން ޕްރީ ސީޒަނަށް އައީ ތަންކޮޅެއް ލަހުން."

އިނގިރޭސި ލީގުގައި ރޭ ސައުތުހެމްޓަން އަތުން ޓޮޓެންހަމް މޮޅުވީ 4-1 އިންނެވެ. ވުލްވްސް އަތުން 2-1 އިން ލީޑްސް މޮޅުވިއިރު، ނޮޓިންހަމް ފޮރެސްޓް އަތުން ނިއުކާސަލް ޔުނައިޓަޑް މޮޅުވީ 2-0 އިންނެވެ. އެސްޓަން ވިލާ އަތުން ބޯންމަތު މޮޅުވީ 2-0 އިންނެވެ. -- އޭއެފްޕީ