Advertisement

ހުލާސާކޮށް އިއްޔެ: ސްޓެލްކޯގެ ފްލެޓުތައް މުވައްޒަފުންނާ ހަވާލުކުރުން

7 އޮގަސްޓު 2022 - 06:30 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ސްޓެލްކޯގެ ފްލެޓުތައް މުވައްޒަފުންނާ ހަވާލުކުރުން

7 އޮގަސްޓު 2022 - 06:30 0

ދެވަނަ ފިޔަވަހީގައި ގާއިމްކުރި ސްޓެލްކޯގެ ފްލެޓްތައް، މުވައްޒަފުންނާ ހަވާލުކުރީ އިއްޔެ އެވެ.

ސްޓެލްކޯގެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ އިއްޔެ ހެނދުނު، ސްޓެލްކޯ ފްލެޓް ޓަވަރު ކައިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ފްލެޓްތައް އިމާރާތްކުރި ރޯހައުސްގެ ފަރާތުން ފްލެޓްގެ ރަމްޒީ ތަޅުދަނޑި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފަށް އެރުވުމުން ޝަރީފް ވަނީ އެ ތަޅުދަނޑި ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީއާ ހަވާލުކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. ސްޓެލްކޯ ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމާއެކު ތިން ކޮޓަރި ހިމެނޭ 288 އެޕާޓްމެންޓެވެ.

"އަޅުގަނޑުމެންގެ ދެ ޓަވަރަށް ކިޔަން ގަސްތު ކުރާ ނަމަކީ ބްލޫ ރިޖް. ބްލޫ ރަމްޒުކޮށްދެނީ ސްޓެލްކޯ، ރިޖް އަކީ ފްލެޓުގެ ނަން. ބްލޫ ރިޖް 1، ބްލޫ ރިޖް 2"

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީން، ފްލެޓްތަކަށް ނަން ކިޔުން އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ފްލެޓަށް ނަން ކިޔާފައި ވަނީ ސްޓެލްކޯއާ ގުޅޭނެހެން ވަރަށް ވިސްނުމަށްފަހު ކަމަށެވެ. އަދި އިތުރު ބަޔަކު މި ނަން ކިޔާފައި ނުވާނަމަ ފްލެޓްތަކަށް ކިޔާނީ "ބްލޫ ރިޖް" ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ފްލެޓްތައް އެޅުމަށް 692 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ނެގޯޝިއޭޝަންތަކަށްފަހު މުވައްޒަފުން އަތުން ނެގުމަށް ނިމުނީ 623 މިލިއަން ރުފިޔާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ބާކީބައި ދެއްކުމަށް ހަމަޖެހިފައި ސްޓެލްކޯއިން ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ފްލެޓުގެ އަގުގެ ގޮތުގައި ނަގަން ހަމަޖެހިފައިވާ 623 މިލިއަނުގެ ތެރެއިން 20 ޕަސަންޓުގެ ގޮތުގައި 114 މިލިއަން ރުފިޔާ ކަލެެެކްޓް ކުރެވިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ފްލެޓު ލިބުނު 360 މުވައްޒަފުންގެެ ތެރެއިން 203 މުވައްޒަފުންނަށް ސްޓެލްކޯއިން ލޯނު ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެހެން އެކަން ކުރުމުން މުވައްޒަފުން އަތުން 3.7 މިލިއަން ރައްކާ ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމުގެ ބަދަލެއްގެ ގޮތުގައި މުވައްޒަފުންގެ ފަރާތުން ސްޓެލްކޯއިން ބޭނުންވަނީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް، ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްކޮށް ދިނުން ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާ މުބާރާތެއްގެ ދެ އިވެންޓެއްގެ ޗެމްޕިއަންކަން ހޯދި ދެވަނަ އެތުލީޓުގެ ޝަރަފް ހަވާއީގެ ޑޭވިޑް ހުބާޑް ހޯދިއިރު، މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބްރެޒިލްގެ އިޒަބެލާ ސޫސާ ހޯދީ އިއްޔެ އެވެ.
  • ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އެޅުމަށް ފަހު ހަލާކުވާން ދޫކޮށްލާފައިވާ ތާރުފީފާތަކުން އެ ރަށުގެ ތިމާވެށްޓަށް ލިބެމުން ދިޔަ ގެއްލުންތައް ހުއްޓުވައި، އެ ފީފާތައް ނަގާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުން ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އައްޑޫގައި ގާއިމުކޮށްފައިވާ ޕޮލިސް ކޮލެޖުގައި ކިޔަވައިދޭން ފެށުމާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު އެމްސީ ހަމީދު ވިދާޅުވީ:

[ތަމްރީނުތައް ފަށާފައި ވަނީ] ކަރިކިއުލަމް މުރާޖާ ކުރުމަށްފަހު ފުލުހުންގެ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލެވޭނެ ގޮތަށް،

ދުވަހުގެ ފޮޓޯ

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 މުބާރާތުގެ ހުރިހާ ޗެމްޕިއަނުން އިއްޔެ ޓްރޮފީ އުފުލާލަނީ. މުބާރާތުގެ އަންހެން ޗެމްޕިއަންކަން ބްރެޒިލްގެ އީޒަބެލް ސޫސާ ހޯދިއިރު ޖޫނިއާ ޗެމްޕިއަނަކީ ކެނޭރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ. ފިރިހެން އަދި ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަނަކީ ޑޭވިޑް ހުބާޑް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު