Advertisement

އުތުރު ކޮރެއާއިން ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށްފި

6 އޮގަސްޓު 2022 - 13:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާގައި ކޮވިޑް ފެތުރެން ފެށީ މިދިޔަ މޭ މަހު. -- ފޮޓޯ: ރޮއިޓާޒް


އުތުރު ކޮރެއާއިން ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށްފި

6 އޮގަސްޓު 2022 - 13:25 0

އުތުރު ކޮރެއާގައި ކޮވިޑް ޖެހިގެން ބަލިވި ހުރިހާ އެންމެން ވެސް މިހާރު ރަނގަޅުވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ހުކުރު ދުވަހު ދައުލަތުގެ މީޑިއާއިން ބުނީ ބަލީގެ އެއްވެސް ކޭސްއެއް ރިޕޯޓު ނުކުރާތާ ހަތް ދުވަސްވެއްޖެ ކަމަށެވެ.

ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތް ނެތުމުން އުތުރު ކޮރެއާގައި ކޭސްތައް ކޮވިޑްގެ ގޮތުގައި ރެކޯޑް ކުރުމުގެ ބަދަލުގައި ކަނޑައަޅަނީ "ހުމުގެ ކޭސްތަކެއް" ކަމަށެވެ.

އުތުރު ކޮރެއާގައި ކޮވިޑް ފެތުރެން ފެށީ މިދިޔަ މޭ މަހު އެވެ. އޭގެ ފަހުން ކޭސްތަކާއި މަރުވާ މީހުންގެ އަދަދުތައް ވެސް ރިޕޯޓުކުރަމުން ދިޔަ އެވެ.

އުތުރު ކޮރެއާގެ ސަރުކާރުން ރަސްމީކޮށް ޑޭޓާ ހާމައެއް ނުކުރެ އެވެ. އެކަމަކު ދައުލަތުގެ މީޑިއާއިން ބުނީ 4.77 މިލިއަން މީހުން ބަަލިން ރަނގަޅުވެފައިވާ ކަމަށާއި މަރުވީ 74 މީހުން ކަމަށެވެ.

އެހެންކަމުން ބަލިވެގެން މަރުވީ ކޭސްތަކުގެ 0.002 ޕަސެންޓެވެ. އެއީ ދުނިޔޭގެ ނިސްބަތުން އެންމެ މަދުން ކޮވިޑް ޖެހިގެން މަަރުވި ރޭޓެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި އެ ތަފާސްހިސާބަކީ ހަގީގީ އަދަދެއް ނޫނެވެ. ދުނިޔޭގެ އެންމެ ދެރަ ސިއްހީ ނިޒާމު އޮތް އެއް ގައުމަކީ އުތުރު ކޮރެއާ އެވެ.

އެ ގައުމުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް ނެތް އިރު، ބައްޔަށް ފަރުވާ ކުރާނެ ބޭހެއް އަދި ވެކްސިނެއް ވެސް ނެތެވެ.