Advertisement

ފްރާންސަށް ހޫނުގަދަވެ ބޯ ފެނުގެ ދަތިކަން

6 އޮގަސްޓު 2022 - 13:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފްރާންސްގެ ދެކުނުގައި ކޯރެއް ހިކިފައި. -- ފޮޓޯ: އީޕީއޭފްރ


ފްރާންސަށް ހޫނުގަދަވެ ބޯ ފެނުގެ ދަތިކަން

6 އޮގަސްޓު 2022 - 13:15 0

ފްރާންސަށް ހޫނުގަދަަވެ، ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން 100 މުނިސިޕަލިޓީއަށް ބޯ ފެނުގެ ދަތިކަން ދިމާވާތީ ސަރުކާރުން އެކަން ހައްލު ކުރަން ހާއްސަ ޓީމެއް އުފައްދައިފި އެވެ.

މިނިސްޓާ ފޯ އިކޮލޮޖިކަލް ޓްރާންސިޝަން ކްރިސްޓޮފޭ ބޭޗޫ ވިދާޅުވީ ފެން ހޮޅިތަކުން ފެން ހުސްވެފައި ވާތީ، ބޮޑެތި އުޅަނދުތަކުގައި ބައެއް ހިސާބުތަކަށް ފެން ސަަޕްލައިކޮށްދެމުންދާ ކަމަށެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނީ މީގެ ކުރިން ދުވަހަކު ވެސް ފްރާންސަށް ވާރޭ ނުވެހި މިހާ ގިނަ ދުވަސް ނުވާ ކަމަށެވެ. އެ ގައުމުގެ 93 ސަރަހައްދެއްގަައި ފެނުގެ ދަތިކަން އެބަ އޮތެވެ.

ކުރިއަށް އޮތް ދެ ހަފްތާ ވެސް ހޫނުގަދަވެ ވާރޭ ނުވެހޭނެ ކަމަށް ލަފާކުރެވެ އެވެ. ފެނުގެ ދަތިކަމާ އެކު ދަަނޑުވެރިކަމަށް ވެސް އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ.

ފްރާންސްގެ ގައުމީ މޫސުމާ ބެހޭ އިދާރާ މެޓިއޯ ފްރާންސުން ބުނީ ޖުލައި މަހު ވެހުނީ އެންމެ 9.7 މިލިމީޓަރުގެ ވާރޭ ކަމަށެވެ. އެއީ މާޗް 1961 ވަނަ އަހަރަށް ފަހު އެންމެ މަދުން ވާރޭ ވެހުނު މަހެވެ.