Advertisement

ގަތަރު ވޯލްޑް ކަޕް ދުވަސްވަރު ލިވަޕޫލްގެ ކޭމްޕެއް ދުބާއީގައި

6 އޮގަސްޓު 2022 - 06:21 0

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް: އޭނާ ވަނީ ވޯލްޑް ކަޕް ދުވަސްވަރު ދުބާއީގައި ކޭމްޕެއް ބާއްވަން ނިންމާފައި.


ގަތަރު ވޯލްޑް ކަޕް ދުވަސްވަރު ލިވަޕޫލްގެ ކޭމްޕެއް ދުބާއީގައި

6 އޮގަސްޓު 2022 - 06:21 0

ލިވަޕޫލް (އޮގަސްޓް 6) - ގަތަރުގައި މި އަހަރު ފަހުކޮޅު ބާއްވާ ފީފާ ވޯލްޑް ކަޕް ކުރިއަށްދާ ދުވަސްވަރުގައި ލިވަޕޫލުން ދުބާއީގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ފީފާ އިން މި އަހަރު، ވޯލްޑް ކަޕް ގަތަރުގައި ކުރިއަށްގެންދަން ޝެޑިއުލްކޮށްފައިވަނީ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ. ގަތަރު ވޯލްޑް ކަޕްގައި ނުކުޅޭ ލިވަޕޫލްގެ ސީނިއާ ޓީމުގެ އަށެއް ނޫނީ 10 ވަރަކަށް ކުޅުންތެރިން އެބަތިބި އެވެ. އެ ކުޅުންތެރިން ގޮވައިގެން ލިވަޕޫލުން ނިންމާފައިވަނީ ދުބާއީގައި ޓްރެއިނިން ކޭމްޕެއް ޖެހުމަށެެވެ.

ލިވަޕޫލްގެ އެސިސްޓަންޓް ކޯޗު ޕެޕް ލައިންޑާސް ބުނީ މިދިޔަ ސީޒަނުގައި ލިވަޕޫލުން ޖުމްލަ އެކުގައި 63 މެޗު ކުޅެން ޖެހުނުއިރު، އިހުސާސް ކުރެވުނީ "މެރަތަން" އެއް ކަހަލަ ގޮތަކަށް ކަމަށެވެ. އަދި މި ފަހަރު ވޯލްޑް ކަޕާ ހެދި ސީޒަން ބްރޭކަކަށް ދާއިރު، އަލުން ފަށާއިރު ކުޅުންތެރިން ރަނގަޅު ލެވަލެއްގައި ބަހައްޓަން ޕްލޭންތަކެއް ހަދަން ޖެހޭނެ ކަމަށް ލައިންޑާސް ބުންޏެވެ.

"ދުބާއީގައި ކުޅުންތެރިން ތިބޭއިރު ޓްރެއިނިން ކުރިއަށް ގެންދިއުމުގެ އިތުރުން، މެޗު ބަލަން ވެސް ދެވޭނެ ގޮތަށް ރާވާނީ،" ލައިންޑާސް ބުންޏެވެ.

ލިވަޕޫލް ސްކޮޑުގައި ހިމެނޭ ވޯލްޑް ކަޕްގައި ނުފެންނާނެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި މިސްރުގެ މުހައްމަދު ސަލާހާއި ކޮލަމްބިއާގެ ލުއިސް ޑިއާޒް، އެންޑީ ރޮބަޓްސަން އަދި ޖޮއެލް މަޓިޕް ފަދަ ކުޅުންތެރިން ހިމެނެ އެވެ.

މި ފަަހަރުގެ ސީޒަން ލިވަޕޫލުން ފެށީ މެންޗެސްޓާ ސިޓީ 3-1 އިން ބަލިކޮށް އެފްއޭ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްގެންނެވެ. ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ލިވަޕޫލުން ރަށުން ބޭރުގައި ކުޅޭނީ ފުލަމްއާ އެވެ. މި މެޗާ ކުރިމަތިލާއިރު ލިވަޕޫލަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަަކަށް ވާނީ އެ ޓީމުގެ އެއް ވަނަ ކީޕަރު، އެލިސަން ބެކާ އަނިޔާއިން ރަނގަޅުވެ، ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އައުމެވެ. ލިވަޕޫލުން ޝީލްޑް މެޗު ކުޅުނީ އެލިސަންގެ ބަދަލުގައި އެޑްރިއަން ގޯލަށް ލައިގެންނެެވެ.