Advertisement

ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯގައި ފެންނަނީ މެންބަރު ސަލީމެއް ނޫން: ފުލުހުން

5 އޮގަސްޓު 2022 - 22:24 5

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް-- ފޮޓޯ: މަޖިލިސް


ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯގައި ފެންނަނީ މެންބަރު ސަލީމެއް ނޫން: ފުލުހުން

5 އޮގަސްޓު 2022 - 22:24 5

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯގައި ފެންނަ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ނުހިމެނޭ ކަމަށް ފުލުހުންގެ ތަހުގީގުން ނިންމައިފި އެވެ.

އެއް ޖިންސުގެ މީހަކާއެކު ބަދު އަހުލާގީ އަމަލު ހިންގާފައި ވީީޑިއޯއެއްގައި ސަލީމް ހިމެނޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށް ދެކެވެމުން އަންނަ ވާހަކަތައް ތަހުގީގުކޮށްދިނުމަށް އެދި ސަލީމް ވަނީ ފުލުހުންނަށް ސިޓީއެއް ހުށަހަޅައިފަ އެވެ.

އެ ސިޓީގެ ޖަވާބުގައި ފުލުހުން ވަނީ އެ ވީޑިއޯގައި ފެންނަ އެކަކަކީ ސަލީމް ކަމަށް ބުނެ ނޫހެއްގައި އެ ވާހަކަ ޖަހާފައިވަނީ އެއްވެސް އަސާސެއް ނެތި ކަމަށް ބުނެފަ އެވެ.

"...މި ވީޑިއޯގައި ފެންނަ ފަރާތަކީ އަހުމަދު ސަލީމް ނޫން ކަމަށް ތަހުގީގުން ނިންމާފައިވާ ކަމާއި، އަދި މި މައްސަލައިގެ ތަހުގީގަށް ވީޑިއޯ ރެކޯޑު ކޮށްފައިވާ ތަނުގެ މައުލޫމާތު ހޯދިފައިވާއިރު އެއީ އަހުމަދު ސަލީމްގެ ބެލުމުގެ ދަށުން ހިންގާ ރާއްޖޭޓީވީ ހިމެނޭ އިމާރާތް ނުވަތަ އޮފީސް ނޫން ކަން ވެސް އެނގިފައިވާ ކަމުގައި ދަންނަވަމެވެ," ފުލުހުން ސަލީމަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މި ވީޑިއޯގައި ހިމެނެނީ ސަލީމް ކަމަށް ބުނެ، އަޑު ފަތުރާފައިވަނީ ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގި ވިޑިއޯތަކެއް ލީކުވި ދުވަސްވަރަކަށްވުމުން، އަބުރު ނަގާލުމުގެ ގޮތުން ކަމަށް ދެކޭނަމަ، އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ފުލުހުންގެ ސިޓީގައި ބުނެފައިވެ އެވެ.

މި މައްސަލަ އާ ގުޅިގެން، ދިޔަރެސް ނޫހުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ ސަލީމް ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

ދިޔަރެސް ނޫހާއި، އެ ނޫހުގެ މަސްއޫލުވެރިޔާ ހީނާ ވަލީދުގެ މައްޗަށް ދައުވާކުރަން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ދޮގު މައުލޫމާތު ފެތުރުމުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.