5 އޮގަސްޓު 2022 - 20:02 0
އައިޝަތު ނުޒުހާ
އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯތައް ނަގާފައިވާ ކޮޓަރި--
5 އޮގަސްޓު 2022 - 20:02 0
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއި އިތުރު ފިރިހެނަކާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑުކުރި ކަން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވަނީ މި ނޫހަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ހޯމް މިނިސްޓަރުގެ މުވައްޒަފުގެ އިތުރުން އެ ވީޑިއޯގައި ދެން ހިމެނޭ ދިވެހި ޓީޗަރަކު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އަލަމްގީރާއެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގައި، ވީޑިއޯ ކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށް ފަހު ފުލުހުން މީގެކުރިން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.
ފުލުހުން ބުނާ ގޮތުގައި ތަހުގީގީ އިޖުރާއަތްތައް ހިންގަމުން ދަނީ މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށެވެ.
މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައިގައި އަލަމްގީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ އިތުރުން ފުލުހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Comment