Advertisement

ބޭރު އުޅަނދުތަކަށް ރާއްޖޭގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރަނީ

5 އޮގަސްޓު 2022 - 17:49 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މަސްދޯނިތަކެއް-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ބޭރު އުޅަނދުތަކަށް ރާއްޖޭގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދޫކުރަނީ

5 އޮގަސްޓު 2022 - 17:49 0

ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމުގެ ގަވައިދު އެކުލަވާލައި، ގެޒެޓުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ގަވައިދުގައިވާ ގޮތުގައި މި ލައިސަންސަށް އެދެވޭނީ 100 ޕަސެންޓު ދިވެހިން ހިއްސާވާ ގޮތަށް ރާއްޖޭގެ ގާނޫނާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށެވެ.

ލައިސެންސަށް އެދި ހުށަހަޅާ ފަރާތުން މަސްގަތުމަށް ބޭނުންކުރަންވާނީ ބޭރުގެ އުޅަނދެއް ކަމަށާއި، ގަވާއިދުގެ ބޭނުމަށް ލައިސެންސަށް އެދި ހުށަހަޅާ ފަރާތް ބަލާނީ، އެއީ މަސް ގަތުމުގައި ބޭނުންކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައި ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.

ލައިސަންސް ހޯދުމަށް ހުށަހަޅާ މަސްގަންނަ އުޅަނދަކީ 500 މެޓްރިކްޓަނުގެ ކެޕޭސިޓީއެއް ހުރި އަދި ޖިނާއީ ކުށެއްގައި އެއްވެސް ގައުމެއްގެ އިދާރާއަކުން ލިސްޓުކޮށްފައިވާ އުޅަނދެއް ކަމުގައި ނުވުން ވަނީ ޝަރުތުކޮށްފަ އެވެ.

މަސް ގަންނަ ލައިސަންސް ބޭރުގެ ބޯޓުފަހަރުތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 މަސް ދުވަހުގެ މުއްދަތަކަށެވެ.

މި ގަވައިދުގެ މަގްސަދަކީ މިނިސްޓްރީގެ ފަރާތުން ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުން ބާނާ ކަނޑުމަހުގެ ބާވަތްތައް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގަތުމުގެ ލައިސަންސް މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިނުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުން ކަމަށް ބުނެފައިވެ އެވެ.