Advertisement

ރާއްޖޭގެ ފުރަތަމަ ޓަޗްލެސް ލިފްޓު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި

5 އޮގަސްޓު 2022 - 17:47 1

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރުކުރި ކޯނޭ ޓަޗްލެސް ލިފްޓު-- ފޮޓޯ: އެސްޓީއޯ


ރާއްޖޭގެ ފުރަތަމަ ޓަޗްލެސް ލިފްޓު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި

5 އޮގަސްޓު 2022 - 17:47 1

ރާއްޖޭގައި ހަރުކުރި އެންމެ ފުރަތަމަ ޓަޗްލެސް ލިފްޓު، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރުކޮށް ބޭނުން ކުރަން ފަށައިފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރުކޮށްފައިވަނީ އެ ކުންފުނިން ވިއްކަމުން އަންނަ ކޯނޭ ބްރޭންޑުގެ ޓަޗްލެސް ލިފްޓެކެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ކޯނޭ ލިފްޓުގެ ޓަޗްލެސް ސިގްނަލައިޒޭޝަންގެ ސަބަބުން ސަރަހައްދުތަކުގައި އަތްލާން ޖެހޭ މިންވަރު މަދުވާއިރު، ލިފްޓަކީ ދެމެހެއްޓެނިވި އަދި ރައްކާތެރި އެއްޗަކަށް ވާނެ ކަމަށެވެ.

އެސްޓީއޯއަކީ ކޯނޭގެ ރާއްޖޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ފިންލޭންޑްގެ އުފެއްދުމެއް ކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކި ފަހަރު މަތިން ލިބިފައިވެ އެވެ.