Advertisement

ރަޝިއާގައި ހައްޔަރު ކުރި އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ނުވަ އަހަރަށް ޖަލަށް

5 އޮގަސްޓު 2022 - 09:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބްރިޓްނީ ގްރައިނާ. -- ފޮޓޯ: އީޕީއޭ


ރަޝިއާގައި ހައްޔަރު ކުރި އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ނުވަ އަހަރަށް ޖަލަށް

5 އޮގަސްޓު 2022 - 09:15 0

ރަޝިއާގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ބްރިޓްނީ ގްރައިނާ ނުވަ އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

އުމުރުން 31 އަަހަރުގް ގްރަައިނާ ވަނީ ކެނެބިސް ތެޔޮ ގެންގުޅުނު ކަމަށް އެއްބަސްވެފަ އެވެ. އޭނާ ކޯޓުގައި ބުނީ އެއީ އޮޅުމަކުންވީ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް ކޯޓުން ވަނީ މަސްތުވާތަކެތި ސްމަގްލް ކުރުމާއި ގެންގުޅުމުގެ ކުށް އޭނާއަށް ސާބިތުވާ ކަމަށް ނިންމައި، ޕްރޮސެކިއުޓަރުން އެދުނު ގޮތަށް ދިގު ޖަލު އަދަބެއް ކަނޑައަޅާފަ އެވެ.

ގްރައިނާއަކީ ދެ ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ ދުނިޔޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެތްލީޓެކެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ ފެބްރުއަރީ މަހު މޮސްކޯ ކައިރީގައި ހުންނަ އެއާޕޯޓަކުންނެވެ. އޭނާގެ ލަގެޖުގެ ތެރެއިން ފެނުނީ ކެނެބިސް ތެޔޮ ހުރި ވޭޕް ކާޓްރިޖްތަކެކެވެ. އޭނާ ރަޝިއާއަށް ދިޔައީ އެމެރިކާގެ އޯފް ސީޒަންގައި ބާސްކެޓްބޯޅަ ކުޅުމަށެވެ.

ގްރައިނާ ހަައްޔަރު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީ ޔޫކްރެއިން ހަނގުރާމަ ފަށައި، އެމެރިކާ އާއި ރަޝިއާގެ ޑިޕްލޮމެސީގެ ތެރެއަށް އޭނާގެ މައްސަލަ ވަނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އޭނާއަށް ކުރި ހުކުމް ބަލައިނުގަނެވޭނެ ކަމަށެވެ.

ނުވަ އަހަރަަށް ޖަލަށް ހުކުމް ކުރި ނަމަވެސް، އޭނާ ޖަލުގައި ހޭދަކުރަން ޖެހޭނީ ކިހާ މުއްދަތެއް ކަަމެއް ސާފެއް ނޫނެވެ. ރިޕޯޓުތައް ބުނާ ގޮތުން ރަޝިއާ އާއި އެމެރިކާއިން ދަނީ ގައިދީން ބަަދަލު ކުރުމާ ގުޅޭ މަޝްވަރާ ކުރަމުންނެވެ.

އެމެރިކާގެ ނޫސްތަކުން ބުނީ ގްރައިނާ ދޫކޮށްލުމުން، ބަދަލުގައި ރަޝިއާގެ ހަތިޔާރު ޓްރެފިކް ކުރާ ވިކްޓާ ބައުޓް އެމެރިކާގެ ޖަލުން ދޫކޮށްލުން އެކަށީގެންވާ ކަމަަށެވެ.