Advertisement

ޓައިވާން ކައިރިއަށް ޗައިނާގެ މިސައިލްތަކެއް ފޮނުވައިފި

5 އޮގަސްޓު 2022 - 06:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާއިން ލޯންޗު ކުރި މިސައިލެއް. -- ފޮޓޯ: ޕީޕަލްސް ލިބެރޭޝަން އާމީ


ޓައިވާން ކައިރިއަށް ޗައިނާގެ މިސައިލްތަކެއް ފޮނުވައިފި

5 އޮގަސްޓު 2022 - 06:22 0

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީގެ ދަތުރާ ގުޅިގެން ޗައިނާއިން ފެށި އަސްކަރީ ޑްރިލްގެ ތެރެއިން ޓައިވާން ކައިރިއަށް މިސައިލްތަކެއް ލޯންޗުކޮށްފި އެވެ.

ޓައިވާނުން ބުނީ އިރު އުތުރު އަދި ހުޅަނގު ދެކުނު އައްސޭރިފަށުގެ ކަނޑުގެ ތެރެއަށް ޗައިނާއިން 11 ބެލިސްޓިކް މިސައިލް ފޮނުވި ކަމަށެވެ.

ޖަޕާނުން ވެސް ބުނީ އެ ގަައުމުގެ ކަނޑުގެ ސަރަހައްދަށް ޗަައިނާގެ ފަސް މިސައިލް އެރި ކަމަށެވެ. ޖަޕާނުން ގޮވާލީ ޗައިނާގެ ޑްރިލް ވަގުތުން ހުއްޓާލުމަށެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. އެކަމަކު ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ޕެލޯސީ ޓައިވާނަށް ދަތުރު ކުރެއްވުމާ ދެކޮޅަށް ޗައިނާއިން ވަރުގަދަ އިންޒާރުތައް ދިނެވެ.

އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ޓައިވާނާ އެކު ބާއްވާ އިރު، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަނީ ޗައިނާއާ އެކު އެވެ.

ނަަމަވެސް އެމެރިކާއިން ޓައިވާނަަށް ހަތިޔާރު ވިއްކަ އެވެ. އެއީ ޗައިނާގެ ހަމަލާއަކުން ދިފާއުވުމުގެ ހައްގު ދިނުމަށް ކަމަށް ބުނެ އެވެ.

ޗައިނާއިން ޓައިވާން ވަށާލައި ހިންގަމުންދާ ޑްރިލްއާ ގުޅިގެން ޓައިވާނުގެ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓުކޮށް ހާލަތު މޮނިޓާ ކުރަމުންދާ ކަމަށް ޓަައިވާންގެ ޑިފެންސް މިނިސްޓްރީން ބުނެ އެވެ.