Advertisement

ޕޮކެޓް މަނީއާއެކު ވަޒީފާ ލިބޭ ކޯހެއް އެސްޓީއޯއިން ފަށަނީ

4 އޮގަސްޓު 2022 - 15:36 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެސްޓީއޯޖީއީ ސްކިލް ލެބް-- ފޮޓޯ: އެސްޓީއޯ


ޕޮކެޓް މަނީއާއެކު ވަޒީފާ ލިބޭ ކޯހެއް އެސްޓީއޯއިން ފަށަނީ

4 އޮގަސްޓު 2022 - 15:36 0

ޕޮކެޓް މަނީއާއެކު ވަޒީފާ ލިބޭ ކޯހެއް ފަށަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓިއޯ) އިން ނިންމައިފި އެވެ.

އެސްޓީއޯ އާއި ގައުމީ ޔުނިވާސިޓީއާ ގުޅިގެން ހިންގަން ނިންމާފައި ވަނީ ރޭޑިއޮގްރަފީ ކޯހެވެ. މި ކޯހަކީ ހެލްތު މިނިސްޓްރީއާ ގުޅިގެން މިދިޔަ އަހަރުގެ އޭޕްރީލް މަހު ތައާރަފް ކޮށްފައިވާ ކޯހެކެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެކެވެ.

ކޯހަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ސައިންސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވުމެވެ.

އެސްޓީއޯން ބުނީ ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 ކުދިންގެ ކޯސްފީ ހަމަޖައްސައިދޭނީ އެސްޓީއޯއިން ކަމަށެވެ.

މި ކޯހަށް ހޮވޭ ދަރިވަރުންނަށް ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި ދޭން ނިންމާފައި ވަނީ 2300ރ. އެވެ.

މި ކޯހަކީ ސެޓްފިކެޓް ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. ކޯހުގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހެވެ. އެއީ ދެ އަހަރުގެ ކިޔެވުމާއި ހަ މަސްދުވަހުގެ އިންޓާންޝިޕެކެވެ. އިންޓާންށިފް ފުރިހަމަ ކުރާނީ ހޮސްޕިޓަލްތަކުންނާއި ޑައިގްނޯސްޓިކް ސެންޓަރުތަކުން ކަމަށް އެސްޓީއޯން މައުލޫމާތު ދެ އެވެ.

ކިޔެވުން ކުރިޔަށް ދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އަދި 2021 ވަނަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯޖީއީ ސްކިލް ލެބްގަ އެވެ.