Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ: ބަލިވިޔަސް ކުޑަ އައްޔަގެ ހިތްވަރަށް ސާބަސް!

4 އޮގަސްޓު 2022 - 15:55 0

ވިޒިޓް މޯލްޑިވްސް ޕްރޯގައި މިއަދު ކުރިއަށްދިޔަ ހީޓު ނިންމާލުމަށް ފަހު ރާއްޖޭގެ އަލީ ޚުޝްރުވާން އަލީ (ކުޑަ އަައްޔަ) / ފޮޓޯ: އަދަދު މުހައްމަދު ޝާބިން


ވިޒިޓް މޯލްޑިވްސް ޕްރޯ: ބަލިވިޔަސް ކުޑަ އައްޔަގެ ހިތްވަރަށް ސާބަސް!

4 އޮގަސްޓު 2022 - 15:55 0

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލުންނާއި ޑްރޮޕް ނީ ކެޓަގަރީގެ ސެމީ ފައިނަލުން ރާއްޖޭގެ އަލީ ޚުޝްރުވާން އަލީ (ކުޑަ އަައްޔަ) ބަލިވެއްޖެ އެވެ.

މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މޯލްޑިވްސް ޕްރޯގައި މިއަދު ކުރިއަށްދިޔަ ފިރިހެން އޯޕަން ބައިގައި ކުޑަ އައްޔަ ބަލިވީ ދުނިޔޭގެ ޗެމްޕިއަން ޓަނާ މެކްޑެނިއެލް އަތުންނެވެ. ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުން ބަލިވީ މިބައިގެ ޗެމްޕިއަން ޑޭވިޑް ހަބާޑް އަތުންނެވެ.

މިއަދު ކުރިއަށްދިޔަ ހީޓުތަކުގައި އައްޔަ އަށް ސަޕޯޓުކުރަން ގިނަ ބަޔަކު ރާޅުގަނޑު ސަރަހައްދަށް އެއްވި އެވެ. ފިރިހެން އޯޕަން ބައިގެ ހީޓު ތިނެއްގައި ހަވާއީގެ ޓަނާ އަތުން އައްޔަ ބަލިވީ 1.10 ގެ ކުޑަ ތަފާތަކުންނެވެ. ޓަނާ އަށް މި ހީޓުގައި ޖުމްލަ ސްކޯގެ ގޮތުގައި 13.80ގެ ސްކޯ އެއް ލިބުނުއިރު، އައްޔަ އަށް ލިބުނީ 12.70ގެ ސްކޯ އެކެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގައި މިއަދު ކުރިއަށްދިޔަ ހީޓު ނިންމާލުމަށްފަހު ރާއްޖޭގެ އަލީ ޚުޝްރުވާން އަލީ (ކުޑަ އަައްޔަ) / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން


ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުގައި ކުޑަ އައްޔަ ބަލިވީ ދުނިޔޭގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދާފައިވާ ހަވާއީގެ ޑޭވިޑް އަތުންނެވެ.

ޑޭވިޑް، މި ހީޓުގައި 13.25ގެ ސްކޯ އެއް ހޯދިއިރު، ކުޑަ އައްޔަ އަށް ލިބުނީ 6.10ގެ ސްކޯ އެކެވެ. ޑްރޮޕް ނީ ބައިގެ ފައިނަލުގައި ޑޭވިޑް ނުކުންނާނީ ފްރާންސްގެ އަމައުރީ ލެވާން އާ ދެކޮޅަށެވެ.

މުބާރާތުގެ ޕްރޮފެޝަނަލް ބައިން އައްޔަގެ ހީޓުތައް ނިމުނުއިރު، ދެން ބާކީ ރާއްޖެއަށް އޮތީ ޖޫނިއާ ބައިގެ ފައިނަލެވެ. ޖޫނިއާ ބައިގެ ފައިނަލުގައި ރާއްޖޭގެ އާމިން މޫސާ ނުކުންނާނީ ކެނެެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާއާ ދެކޮޅަށެވެ.