Advertisement

ލޭޑީ ގާގާގެ ކުއްތާތައް ވަގަށް ނެގި މީހަކު ހަތަރު އަހަރަށް ޖަލަށް

4 އޮގަސްޓު 2022 - 12:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލޭޑީ ގާގާ. -- ފޮޓޯ: އޭއެފްޕީ


ލޭޑީ ގާގާގެ ކުއްތާތައް ވަގަށް ނެގި މީހަކު ހަތަރު އަހަރަށް ޖަލަށް

4 އޮގަސްޓު 2022 - 12:09 0

އެމެރިކާގެ ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ ކުއްތާތައް ގޮވައިގެން ހިނގާލަން ނުކުތް މުވައްޒަފަކަށް ހަމަލާދީ ހިންގި ވައްކަަމުގައި ބައިވެރިވި މީހަކު ހަތަރު އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ފެބްރުއަރީ 2021 ވަނަ އަހަރު ރަޔަން ފިޝާ ތިން ކުއްތާ ގޮވައިގެން ހޮލީވުޑްގައި ހިނގާލަން ނުކުމެ އުޅެނިކޮށް، އޭނާގެ ގަޔަށް ބަޑި ޖެހީ ގޭންގަކުންނެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ތެރެއިން އުމުރުން 20 އަހަރުގެ ޖެއިލިން ކޭޝޯން ވައިޓް ވަނީ އެކަމުގައި ބައިވެރިވި ކަމަށް އިއުތިރާފްވެފަ އެވެ.

ހާދިސާގެ ސީސީޓީވީ ފުޓޭޖުން ފެންނަނީ ފިޝާ ކައިރިއަށް ކާރެއް މަޑުކޮށް، ދެ މީހަކު ކާރުން ނިކުމެ އޭނާއާ ދިމާލަށް އަންނަ މަންޒަރެވެ.

ކުއްތާތައް ދިނުމަށް އެކަކު ޑިމާންޑު ކުރި ނަމަވެސް، ފިޝާ ގަދަ ހަދަން ފެށުމުން ބަޑި ޖަހާ އަޑު އިވެ އެވެ. އެއާ އެކު ހަޅޭއް ލަވައި ގަނެ ފިޝާ ބިން މައްޗަށް ވެއްޓޭ މަންޒަރު ވެސް ފެނެ އެވެ.

އެ މީހުން އެ ތަނުން ދިޔައީ ކޯޖީ އަދި ގުސްތާވް ނަަމަކަށް ކިޔާ ދެ ކުއްތާ ގޮވައިގެންނެވެ. ތިން ވަނަ ކުއްތާ މިސް އޭޝިއާ ދުރުގައި އޮތުމަށް ފަހު، ކާރު ދިޔުމުން ފިޝާ ކައިރިއަށް ދިޔަ އެވެ.

ލޭޑީ ގާގާ ކުއްތާތަކާ އެކު.


ކުއްތާތައް އަނބުރާ ލިބިއްޖެ ނަމަ 500،000 ޑޮލަރު ދޭނެ ކަމަށް ލޭޑީ ގާގާ ބުންޏެވެ. އެ ފައިސާ ހޯދުމުގެ ގޮތުން ކުއްތާތައް ހަވާލު ކުރަަން ދިޔަ އަަންހެން މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.

އޭނާއަށް ތުހުމަތު ކުރީ އެ އަމަލުގައި ބައިވެރިވި ކަމަށާއި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މުދަލެއް ގަތް ކަމަށެވެ. ގޭންގުގެ ތިން މެމްބަރުން ވެސް ފަހުން ހައްޔަރު ކުރި އެވެ. އެކަމަކު އިދާރީ އޮޅުމެއްގެ ސަބަބުން މި އަހަރުގެ ކުރީކޮޅު އެކަކު ދޫވި އެވެ.

ބެލެވޭ ގޮތުގައި ދޫވި މީހާއަކީ ބަޑި ޖެހި މީހާ އެވެ. އޭނާއަކީ ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަކޮށް، އޭނާއާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފުލުހުން ވަނީ 5،000 ޑޮލަރު ހުށަހަޅާފަ އެވެ.

ބަޑި ޖެހުމުން އަނިޔާވި ފިޝާ އިންސްޓަގްރާމްގައި ބުނީ އޭނާގެ ފުއްޕާމެޔަށް ގެއްލުން ލިބުނު ކަމަށެވެ. ލޮސް އެންޖެލިސްގެ ފުލުހުން ބުނީ ކުއްތާތައް ވަގަށް ނެގީ އޭގެ ވެރި ފަރާތް އެނގިގެން ނޫން ކަމަށެވެ.

ނަމަވެސް އެއީ ފްރެންޗް ބުލްޑޯގް ބާވަތުގެ ކުއްތާއަަށް ވާތީ، ކަޅު ބާޒާރުގައި އެ ވައްތަރުގެ ކުއްތާ ބޮޑު އަގުގައި ވިއްކާލެވެ އެވެ.

ލޭޑީ ގާގާގެ އިތުރުން ރީޒް ވިދާސްޕޫން، ހިޔު ޖެކްމޭން، ކްރިސީ ޓެއިގެން، ލިއޮނާޑީ ޑިކެޕްރިއޯ އަދި މެޑޯނާ ފަދަ ތަރިން ވެސް އެ ވައްތަރުގެއް ކުއްތާ ގެންގުޅެ އެވެ.