Advertisement

ޔޫކޭ ރެސްޓޯރަންޓެއްގައި ހުންނަވަނިކޮށް ނަޝީދުގެ ފޯނު ފޭރިގެންފި

3 އޮގަސްޓު 2022 - 19:39 1

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު:


ޔޫކޭ ރެސްޓޯރަންޓެއްގައި ހުންނަވަނިކޮށް ނަޝީދުގެ ފޯނު ފޭރިގެންފި

3 އޮގަސްޓު 2022 - 19:39 1

އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރެސްޓޯރަންޓެއްގައި ހުންނަވަނިކޮށް އެ މަނިކުފާނުގެ ފޯނު ވަގަށް ނަގައިފި އެވެ.

ދައުރުވަމުންދާ ސްކްރީންޝޮޓަކުން ފެންނަ ގޮތުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިއްބަވާ ރަސްމީ ގްރޫޕަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިއްސާ ކުރެއްވި މެސެޖެއްގައި ނަޝީދުގެ ދަރިކަނބަލަކު ވަނީ މެންދުރު ކާން ތިއްބާ މީހަކު ފޯނު ޖަހައިގަނެގެން ދުއްވައިގަނެއްޖެ ކަމަށާއި، ނަމްބަރު ބްލޮކް ކުރަން އެދޭ ކަމަށް ބުނެފަ އެވެ.

އީވާ މެސެޖު ހިއްސާކުރުމާއެކު މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތުމަތު ފިލްޒާ ވަނީ އެ ގްރޫޕުން ނަޝީދުގެ ނަމްބަރު އުނިކޮށްފަ އެވެ.

"ރައްޔިތުންގެ މަޖިލީސް ރައީސްގެ ފޯނު ވަނީ މިއަދުގެ ވަގުތެއްގައި ވަގަށް ނަގާފައި،" މަޖިލީހުގެ ސްޕޯކްސްޕާސަން ހަސަން ޒިޔާއު ކަށަވަރުކޮށްދެއްވި އެވެ.

ރައީސް ނަޝީދުގެ ފޯނު ފޭރިގެންފައި މިވަނީ ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން އެ ކަމާ ނުރުހުން ފާޅުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެކި ތުހުމަތުތައް ކުރެއްވާފައިވަނިކޮށެވެ.

ނަޝީދު ވަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޒިނޭ ކުރައްވާ މަންޒަރު ހުރި ފޮޓޯ އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ފޮޓޯތައް ލުމަށް މެންބަރުން އެދުމުން ވެސް ނަޝީދު ފަހުން އެއަކަށް ޖަވާބެއް ނުދެއްވަ އެވެ.

ނަޝީދުގެ އެ ވާހަކަފުޅާއެކު، އެ މަނިކުފާނު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެދެމުން އަންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް އޮފީހުން ވަނީ ރައީސް އެފަދަ އެއްވެސް އަމަލެއް ނުކުރައްވާ ކަމަށް ބުނެފަ އެވެ.