Advertisement

ޓެން ހާގްގެ ނުސީދާ ބަހުގެ ހަމަލާއެއް ރޮނާލްޑޯ އަށް؟

3 އޮގަސްޓު 2022 - 19:52 0


ޓެން ހާގްގެ ނުސީދާ ބަހުގެ ހަމަލާއެއް ރޮނާލްޑޯ އަށް؟

3 އޮގަސްޓު 2022 - 19:52 0

މެންޗެސްޓާ (އޮގަސްޓް 3) - މިދިޔަ އާދިއްތަ ދުވަހު ރަޔޯ ވަޔެކާނޯއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑް ކުޅުނު އެކުވެރިކަމުގެ މެޗު ނުނިމެނީސް، ދަނޑުން ނިކުތް ޔުނައިޓަޑްގެ ކުޅުންތެރިންނަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ފާޑުކިޔައިފި އެވެ.

ޔުނައިޓަޑްގެ ދަނޑުގައި އާދިއްތަ ދުވަހު ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓަޑްގެ ތަޖުރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނެވެ.

މިއީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ޔުނައިޓަޑުން ކުޅުނު ޕްރީ ސީޒަން މެޗެއްގައި ރޮނާލްޑޯ ބައިވެރިވި ފުރަތަމަ ފަހަރެވެ. އެކަމަކު މެޗު ނުނިމެނީސް، ދަނޑުން ނިކުތް ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ވެސް ހިމެނެ އެވެ. ސޯޝަލް މިޑިއާގައި އެންމެ ބޮޑަށް ވައިރަލްވީ ރޮނާލްޑޯ ދަނޑުން ނުކުމެ ދިޔަ މަންޒަރުތައް ފެންނަ ފޮޓޯތަކަށެވެ.

ރަޔޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ


"މިއީ ޓީމެއް. އޭގެ މާނައަކީ ފަހު ވަގުތާޖެހެންދެން އެންމެން ވެސް ތިބެންވާނީ އެއްކޮށޭ،" ޓެން ހާގް ބުންޏެވެ. "މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން."

ރޮނާލްޑޯ ޔުނައިޓަޑްގެ ޕްރީ ސީޒަންގައި ކުރި ޓުއާތަކުގައި ބައިވެރިނުވީ "އަމިއްލަ ސަބަބުތަކަކާ ހެދި" ކަމަށް ޔުނައިޓަޑުން ބުނެ އެވެ. އެކަމަކު، އަންނަ ސީޒަންގައި ވެސް ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާތީ، އެހެން ކްލަބަކަށް ބަދަލުވާން އޭނާ ބޭނުންވި ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

އެކަމަކު، ރޮނާލްޑޯ އެއްވެސް ޓީމަކަށް ނުވިއްކާނެ ކަމަށާއި، އޭނާގެ ޕްލޭންތަކުގައި ރޮނާލްޑޯ ހިމެނޭ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

މި ހަފުތާ ބަންދުގައި ފަށާ ޕްރިމިއާ ލީގުގައި، ޔުނައިޓަޑް ކުޅޭ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ނުކުންނާނީ ބްރައިޓަން ހޯލްވް އެންޑް އަލްބިއަން ދެކޮޅަށެވެ.