Advertisement

ހޯލްސޭލް ވިޔަފާރިއަށް ވިލާ އިން ގެނެސްދިން ފުރިހަމަ ހައްލު

3 އޮގަސްޓު 2022 - 18:19 2


ހޯލްސޭލް ވިޔަފާރިއަށް ވިލާ އިން ގެނެސްދިން ފުރިހަމަ ހައްލު

3 އޮގަސްޓު 2022 - 18:19 2

ވިލާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑަކީ ވިލާ ގްރޫޕް އޮފް ކޮންޕެނީސްގެ ދަށުން، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެދި، ވިޔަފާރި ހިދުމަތް ދޭން ފެށި ކުންފުންޏެކެވެ. ކޮލިޓީ ރަނގަޅު، ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ބާޒާރަށް ތައާރަފްކުރުމުގެ ވިސްނުމުގައި ވިލާ ޓްރޭޑިންގެ ދަށުން ހުޅުވި އެ ކުންފުނީގެ ރީޓެއިލް އައުޓްލެޓް ތަކާއި ހޯލްސޭލް ސާވިސް އިން، މިވީ ދޮޅު އަހަރެއްގެ ތެރޭގައި ވިޔަފާރިކުރުމުގެ ފަސޭހަ އަދި އިތުބާރު ހިފޭ ހައްލުތަކަކާ ފަސޭހަތަކެއް ގެނެސްދީފި އެވެ - ހާއްސަކޮށް، ރިސޯޓް ސަޕްލައި އަށް އަމާޒުކޮށް ފެށި ހޯލްސޭލް ބިޒްނަސްއާ އެކު ތާޒާ، ސިއްހަތާއި ތިމާވެއްޓަށް ފައިދާހުރި، ކޮލިޓީ ރަނގަޅު ކިތަންމެ ޕްރޮޑަކްޓެއް އާންމުންނާ ހަމައަށް ގެނެސްދީފިއެވެ.

ވިލާ ހޯލްސޭލް ވިޔަފާރި ބޮޑަށް އަމާޒުކުރަނީ ހޮޓާ ރެސްޓޯރަންޓް އަދި ރިސޯޓްތަކަށް ބޭނުންވާ ކެއްކުމާއި ކެއުމުގެ ބާވަތްތައް ފޯރުކޮށްދިނުމަށެވެ. މީގެ ތެރޭގައި، ތާޒާ އާފަލާއި އޮރެންޖާއި ކުކުޅު ހިމެނެ އެވެ. އަދި ކިރާއި ކައްކާ ތެލާއި، ކައްކަން ބޭނުންކުރާ ކްރީމް ވެސް މައިގަނޑުކޮށް ހޯލްސޭލްކުރާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެ އެވެ.

މިއީ އެކަމަކު ވިލާ ހޯލްސޭލް ވިޔަފާރިއާއި ފޯރުކޮށްދޭ އުފެއްދުންތައް ލިމިޓްވާ ހިސާބެއް ނޫނެވެ. ރިސޯޓްތަކަށް ބޭނުންވާ އެކި ވައްތަރުގެ ޖޫސް ޕެކެޓުން ފެށިގެން މިނީ ބާ ގައި ބަހައްޓާ ނަޓްސް ޕެކެޓާއި ޗޮކްލެޓް ފަދަ އުފެއްދުންތައް ވެސް ވިލާ އިން ހޯލްސޭލްކުރެ އެވެ.

ވިލާގެ ރީޓެއިލް އައުޓްލެޓް ތަކުން ވެސް މިފަތަ ގިނަ އުފެއްދުންތަކެއް ވިއްކައެވެ. ހާއްސަކޮށް ކުދިންގެ އިންޓަވަލަށް ބޭނުންވާ އެކި ކަހަލަ ކުދި ކާތަކެއްޗާއި، ރޯސްޓާ ނަޓްސް ޕްރޮޓީން ބާ އާއި ޓޯނީސް ޗޮކްލެޓް ފަދަ އުފެއްދުންތަކަށް ކަސްޓަމަރުންގެ ތަރުހީބު ބޮޑެވެ.

ވިޔަފާރި ކުރުން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން ވިލާ މާޓުން މިހާރު ވަނީ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. "ވިލާ މާޓް" އެޕް ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޓް ކޮށްލައިގެން، ފަސޭހަކަމާއެކު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ އެވެ. އަދި، ވިލާ މާޓް ވެބްސައިޓުން ވެސް ވިލާ މާޓުގައި ވިއްކާ ތަކެތި އަގުހެޔޮކޮށް، ފަސޭހަކަމާއެކު ގަނެވޭނެ އެވެ.

ބައެއް ބްރޭންޑްތައް އެކްސްކުލޫސިވްކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ ވިލާ މާޓްގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ އޯކިޑް މަގުގަ އެވެ. އޭގެ ފަހުން މަޖީދީމަގުގައި މާވެޔޮ މަގާ ކައިރިން އަދި ޓީވީއެމް ކައިރީގައި ވެސް "ވިލާ މާޓް"ގެ ފިހާރައެއް ވަނީ ހުޅުވާފަ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ 14 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ވެސް ވިލާ މާޓެއް ހުންނާނެ އެވެ.