Advertisement

ޓައިވާން ވަށާލައި އަސްކަރީ ޑްރިލް ފެށީ މަޖުބޫރުވެގެން: ޗައިނާ

3 އޮގަސްޓު 2022 - 15:24 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓައިވާން ކައިރީގައި ޗައިނާގެ އަސްކަރީ ޑްރިލްތައް ފެށީ ބުދަ ދުވަހު. -- ފޮޓޯ: ސްޕަޓްނިކް ނިއުސް


ޓައިވާން ވަށާލައި އަސްކަރީ ޑްރިލް ފެށީ މަޖުބޫރުވެގެން: ޗައިނާ

3 އޮގަސްޓު 2022 - 15:24 0

ޓައިވާން ސްޓްރެއިޓް ވަށާލައި ޗައިނާއިން އަސްކަރީ ޑްރިލް ހިންގަން ފެށީ މަަޖުބޫރުވެގެން ކަަމަށް ޗައިނާއިން ބުދަަ ދުވަހު ބުނެފި އެވެ.

"ޗައިނާގެ ޓައިވާން ކައިރީގައި ކަނޑުގެ ހިސާބުތަކުގައި ޗައިނާ ސިފައިން އަސްކަަރީ ތަމްރީން ހިންގަނީ މަޖުބޫރުވެގެން. އެއީ ގައުމުގެ އިސްތިގްލާލް ހިމާޔަތް ކުރަން އަޅަން ޖެހޭ ފިޔަވަޅެއް،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވިދާޅުވި އެވެ.

"ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރަށް ބަލާ އިރު، ހަމަނުޖެހުމަށް ހިތްވަރު ދިނީ އެމެރިކާއިން. މިކަމުގައި ޗައިނާއަކީ އެމެރިކާގެ ޝިކާރައަކަށްވެފައި އޮތް ގައުމެއް. ޗައިނާ ނުރުހޭ ގޮތަށް އެންމެ ފުރަަތަމަ އަމަލު ކުރީ އެމެރިކާ އާއި ޓައިވާން ގުޅިގެން. ދިފާއުގައި ޗައިނާގެ ފިޔަވަޅުތައް މި އަންނަނީ އޭގެ ފަހުން،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ދަތުރު ކުރެއްވުމުން ޗަައިނާގެ ލީޑަަރުން ވަނީ އެކަން ކުށްވެރިކޮށް، އެއީ "ވަން ޗަައިނާ" އުސޫލާ ހިލާފު ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ރައްދުގަައި ޗައިނާއިން ވަނީ ބުދަ ދުވަހު ޓައިވާން ވަށާލައި ލައިވް ވަޒަން ބޭނުންކޮށްގެން އަސްކަަރީ ތަމްރީން ފަށާފަ އެވެ. އެ ތަމްރީން ތިން ދުވަސް ވަންދެން ކުރިއަަށް ދާނެ އެވެ.

އޭގެ އިތުރުން ޓައިވާނުގެ އައްސޭރިފަށާ 20 ކިލޯމީޓަރު ކައިރިން ލައިވް ވަޒަން ބޭނުންކޮށްގެން އިތުރު އަސްކަރީ ޑްރިލްތަކެއް ބުރާސްފަތި ދުވަހު ފެށުމަަށް ދަނީ ތައްޔާރުވަމުންނެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީން ބުނީ ޗަައިނާގެ އަސްކަރީ ތަމްރީންތަކުގެ ސަބަބުން ޓައިވާންގެ މައި ބަނދަަރުތަކާއި މީހުން ދިރިއުޅޭ ބޮޑެތި ހިސާބުތައް ނުރައްކަލަަށް ހުށަހެޅޭ ކަމަށެވެ.