Advertisement

ބޮޑު ޗުއްޓީއާ ދިމާކޮށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިއްޖެ

3 އޮގަސްޓު 2022 - 14:07 0

އަހުމަދު ސައީދު

އަހުމަދު ސައީދު

މާލޭ މަގުމަތީގައި ބަޔަކު ވިޔަފާރީގެ މުއާމަލާތެއް ހިންގަނީ: ޑޮލަރުގެ އަގު ބޮޑުވީ ކަޅު ވިޔަފާރި ކުރާ ފަރާތްތަކުން ނަގަންޖެހޭ ރިސްކު ބޮޑުވުމުން -- ފޮޓޯ: އަދަދު ފައިލް


ބޮޑު ޗުއްޓީއާ ދިމާކޮށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިއްޖެ

3 އޮގަސްޓު 2022 - 14:07 0

މިއަހަރު ބޮޑު ޗުއްޓީއާ ދިމާކޮށް، ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު އުފުލިއްޖެ އެވެ.

މި އަހަރުގެ ސްކޫލް ބޮޑު ޗުއްޓީ ޖުލައި މަހު ތެރޭގައި ފެށުމުގެ ކުރިން، ޑޮލަރު ގަނެ ވިއްކަމުން ދިޔައީ އެއް ޑޮލަރަށް 10 ލާރީގެ ފައިދާ އެއް ލައިގެންނެވެ. ނަމަވެސް މިހާރު ޑޮލަރު ގަނެ ވިއްކަނީ އެއް ޑޮލަރަށް 20 ލާރި އާއި 25 ލާރީގެ ފައިދާ އެއް ލައިގެންނެވެ.

ސްކޫލް ބޮޑު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަން، ޑޮލަރު ބޭނުންވުމާއި ގުޅިގެން، ކުރިން 17ރ. އިން ދަށުގައި ހުރި ޑޮލަރު ރޭޓު ވަނީ 17.20ރ. އަށް އުފުލިފަ އެވެ. ޑޮލަރު ވިއްކާ ފަރާތްތަކަށް މިހާރު ކޮންމެ 100 ޑޮލަރަކަށް، 20ރ. ގެ ފައިދާ އެއް ލިބޭނެ އެވެ. ކުރީގައި ނަގަމުން އައީ 10ރ. ގެ ފައިދާއެކެވެ.

"ޑޮލަރު ގަނެ ވިއްކުމަކީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ބަންދުވާ އަދި ރިސްކު ވެސް ބޮޑު ކަމެއް، 10 ލާރިން 20 ލާރި އަށް ހަދަން ޖެހުނީ އެހެން ވެގެން،" ނޫހުގައި ނަން ޖަހަން ބޭނުން ނުވާ، ޑޮލަރު ވިއްކާ ފިހާރައަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޑޮލަރު ވިއްކާ ފަރާތްތަކުން ބުނާ ގޮތުގައި ސްކޫލް ބަންދަށްފަހު ކުރިން ހުރި އަގަށް ޑޮލަރުގެ އަގު ދަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ޑޮލަރުން ނަގާ ފައިދާ ބޮޑު ކުރުމަކީ ވެސް މިފަހަރު ޑޮލަރުގެ އަދު މައްޗަށް ދިއުމުގެ ސަބަބެކެވެ.