Advertisement

އިންޑިއާގެ ފެކްޓްރީއެއްގައި ގޭސް ލީކުވެ 87 މީހުންގެ ހާލު ގޯސްވެއްޖެ

3 އޮގަސްޓު 2022 - 12:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ ފެކްޓްރީއެއްގެ ބޭރުގައި މުވައްޒަފުންނާއި ފުލުހުން މަޑުކޮށްގެން. -- ފޮޓޯ: ޓައިމްސް އޮފް މޯލްޓާ


އިންޑިއާގެ ފެކްޓްރީއެއްގައި ގޭސް ލީކުވެ 87 މީހުންގެ ހާލު ގޯސްވެއްޖެ

3 އޮގަސްޓު 2022 - 12:41 0

އިންޑިއާގައި އަންނައުނު އުފައްދާ ފެކްޓްރީއެއްގައި ގޭސް ލީކުވެ 87 އަންހެނުންގެ ހާލު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިއްޖެ އެވެ.

ދެކުނު އަންދްރަ ޕްރަދޭޝް ސްޓޭޓުގެ އައްޗުޔުތަޕުރަމް ޑިސްޓްރިކްޓުގައި ހުންނަ ފެކްޓްރީގެ މުވައްޒަފުން މޭނުބައިކޮށް، ހޮޑުލާާން ފެށީ އަންގާރަ ދުވަަހުގެ ރޭގަ އެވެ.

އިންޑިއާ ޓުޑޭ ނޫހުން ބުނީ މިހާތަނަށް އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށާއި ބުދަ ދުވަހުގެ ހެނދުނާ ހަމައަށް ދިޔަ އިރު ހާލަތު ކޮންޓްރޯލްވެފައިވާ ކަމަށެވެ.

އެންޑީޓީވީއިން ބުނީ މިދިޔަ ޖޫން މަހު ވެސް އެ ޑިސްޓްރިކްޓުގެ ފެކްޓްރީއެއްގައި ގޭސް ލީކުވެ، 200 އަންހެނުން ބޯއަނބުރައި ހޭނެތުނު ކަމަށެވެ.

އޭގެ ކުރިން 2020 ވަނަ އަހަރު ހަމަ އެ ސްޓޭޓުގެ ވިޝާކަޕަޓްނަމް ސިޓީގެ ކެމިކަލް ފެކްޓްރީއެއްގައި ގޭސް ލީކުވެ ފަސް މީހުން މަރުވެ އެތައް ސަތޭކަ ބަޔަކަށް ފަރުވާ ދޭން ޖެހުނެވެ.

އިންޑިއާގެ އެންމެ ބޮޑު ސިނާއީ ކާރިސާ ކުރިމަތިވީ 1984 ވަނަ އަހަރު މެދުތެރޭގައި އޮންނަ ބޯޕާލް ސިޓީގެ ޕެސްޓިސައިޑް ފެކްޓްރީއަަކުން ގޭސް ލީކުވުމުންނެވެ.

ޔޫނިއަން ކާބައިޑް ކުންފުނީގެ އެ ފެކްޓްރީއިން ގޭސް ލީކުވުމުން އެ ސަރަހައްދުގައި ދިރިއުޅޭ 3،500 މީހުން މަރުވި އެވެ. އެ ހާދިސާގައި ގޭހުގެ އަސަރު ކުރުމުން މިއަދާ ހަމައަށް ވެސް މީހުންނަށް އެކި ސިއްހީ މައްސަލަ ދިމާވެ، އުފަންވާ ކުދިންގެ އެކި މައްސަލަތައް ވެސް ފާހަގަަވެ އެވެ.