Advertisement

ޒަވާހިރީގެ މަރާ އެކު އެމެރިކާއާ ދެކޮޅު ހަމަލާތައް އިތުރުވެދާނެކަމުގެ ބިރު

3 އޮގަސްޓު 2022 - 12:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާއިން ހަމަލާދީ މަރާލި އަލް ގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ. -- ފޮޓޯ: އޭއެފްޕީ


ޒަވާހިރީގެ މަރާ އެކު އެމެރިކާއާ ދެކޮޅު ހަމަލާތައް އިތުރުވެދާނެކަމުގެ ބިރު

3 އޮގަސްޓު 2022 - 12:28 0

އެމެރިކާއިން ދިން ހަމަލާއެއްގައި އަލް ގައިދާގެ ލީޑަރު އައިމަން އަލް ޒަވާހިރީ މަރާލާފައި ވާތީ، ދުނިޔޭގެ އެކި ގައުމުތަކުގައި އެމެރިކާއާ ދެކޮޅު ހަމަލާ އިތުރުވެދާނެ ކަމަށް ބެލުމަށް އެމެރިކާގެ ރައްޔިތުންނަށް އަންގައިފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޒަވާހިރީގެ މަރާ އެކު އަލް ގައިދާ ސަޕޯޓަރުންނާއި ގުޅުން ހުރި އެހެން ޓެރަރިސްޓް ގްރޫޕްތަކުން އެމެރިކާ ރައްޔިތުންނާއި އެމެރިކާގެ ފެސިލިޓީތަކަށް ޓާގެޓް ކުރުން އެކަށީގެންވާ ކަމަށެވެ.

ޒަވާހިރީ މަރާލީ އާދީއްތަ ދުވަހު އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އޭނާއަކީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާގައި ދިން ޓެރަރިސްޓް ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނު އެކަކެވެ. އެ ހަމަލާތަކުގައި 3،000 މީހުން މަރުވި އެވެ.

މިސްރަށް ނިސްބަތްވާ އުމުރުން 71 އަހަރުގެ ޑޮކްޓަރު އަލް ގައިދާގެ ލީޑަރު ކަމަށް އައީ 2011 ވަނަ އަހަރު އެމެރިކާގެ ހަމަލާއެއްގައި އުސާމާ ބިން ލާދިން މަރުވުމުންނެވެ.