Advertisement

ދެ ވަަނަ ޑިިވިޝަން: ގުރޫޕްގެ އެއް ވަނައިގެ ގޮތުގައި ބުރު ސެމީ އަށް

3 އޮގަސްޓު 2022 - 03:20 0

ލަނޑު ޖެހުމަށް ފަހު ބުރު ސްޕޯޓްސް ކްލަބް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ


ދެ ވަަނަ ޑިިވިޝަން: ގުރޫޕްގެ އެއް ވަނައިގެ ގޮތުގައި ބުރު ސެމީ އަށް

3 އޮގަސްޓު 2022 - 03:20 0

އެފްއޭއެމް ދެ ވަނަ ޑިޥިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ދިވެހި ސިފައިންގެ ކްލަބް އަތުން 1-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް ގުރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ގުރޫޕް އެކެއްގައި ބާކީ އެއް މެޗު އޮއްވައި ބުރުން ގުރޫޕްގެ އެއް ވަނަ ކަށަވަރުކުރީ ހަ މެޗުން ހޯދި 18 ޕޮއިންޓާ އެކު އެވެ. މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބުރު ވަނީ މޮޅުވެފަ އެވެ.

މިއަދު ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ 29 ވަނަ މިނިޓުގައި ބުރަށް ލަނޑު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ އަރަބަލް ޕަސަމާނީ އެވެ. އެންމެ ފަހުން ޓެންޓް ސްޕޯޓްސް އަތުން 1-0 އިން ބުރު މޮޅުވި މެޗުގައި ވެސް ލަނޑު ޖެހީ ޑިފެންސަށް ކުޅޭ ބްރޫނޯ އެވެ.

މި ގުރޫޕްގެ ދެ ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ކުޑަ ހެންވޭރު ޔުނައިޓަޑެވެ. ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް އަތުން މިރޭ 3-0 އިން މޮޅުވި ކްލަބް ޕީކޭ ވެސް ވަނީ ނުވަ ޕޮއިންޓް ހަމަކޮށްފަ އެވެ. ޕީކޭ އޮތީ ތިން ވަނައިގަ އެވެ.

ހަތަރެއްގައި އޮތް ޖޭޖޭ ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް ޓެންޓް ސްޕޯޓްސް ކްލަބާއި ހަ ވަނައިގައި އޮތް ސިފައިން އަދި ހަތް ވަނައިގައި އޮތް ބިސް ބުރު ސްޕޯޓްސް ކްލަބުން ވެސް ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފުލުގައި އޮތް ކެޕިޓަލް ސިޓީ ވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެވެ.