Advertisement

ވޯލްޑް ކަޕްގެ ސެމީ ފައިނަލެއް ބަލަން ދިޔުމުގެ ފުރުސަތު އޫރީދޫގެ ހަތަރު ކަސްޓަމަރަކަށް

2 އޮގަސްޓު 2022 - 20:21 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދު ހަވީރު މިކަން އިއުލާނުކުރުމަށް ބޭއްވި ހާއްސަ ހަރަކާތުގައި ކުޅުނު ފުޓްބޯޅަ މެޗުގެ ތެރެއިން --- ފޮޓޯ: އުރީދޫ


ވޯލްޑް ކަޕްގެ ސެމީ ފައިނަލެއް ބަލަން ދިޔުމުގެ ފުރުސަތު އޫރީދޫގެ ހަތަރު ކަސްޓަމަރަކަށް

2 އޮގަސްޓު 2022 - 20:21 0

އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ބަލަން ދިޔުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްގެ ހަތަރު ކަސްޓަމަރަކަށް ދޭން ނިންމައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް އެ ކުންފުނީގެ ހިދުމަތާއި ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

ސެމީ ފައިނަލް މެޗު ބަލަން ދިޔުމުގެ ހުރިހާ ހަރަދެެއް ބަލަހައްޓާނީ އުރީދޫންނެވެ. އަދި، މި ޕްރޮމޯޝަންގެ ތެރެއިން ފީފާ ވޯލްޑް ކަޕްގެ އޮފިޝަލް މާޗެންޑައިޒް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން މިއަދު ހާމަކުރި އެވެ.

އުރީދޫ މޯލްޑިވްސްގެ ބެލެނިވެރި ކުންފުނި އުރީދޫ ގަތަރަކީ ފީފާ ވާލްޑް ކަޕް 2022 ގެ އޮފިޝަލް ގްލޯބަލް ކަނެކްޓިވިޓީ ސާވިސަސް ޕްރޮވައިޑާ އެވެ. އެ ކުންފުނީގެ ހިދުމަތްތަކުގެ ތެރެއިން ވޯލްޑް ކަޕްގެ ފޯރި ގެނައުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ހާލިދު ހަސަން މިއަދު ވިދާޅުވި އެވެ.

އުރީދޫން މި ޕްރޮމޯޝަން ލޯންޗުކުރީ މިއަދު ހަވީރު ހެންވޭރު ދަނޑުގައި ބޭއްވި ހާއްސަ ފުޓްބޯޅަ މެޗުގެ ކުރިންނެވެ. މި މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް އެ ކުދިންނާ އެކު ބޯޅަ ކުޅެފަ އެވެ.

މި މެޗު ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. އެމަނިކުފާނާ އެކު އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް-ހަމަދީ އަދި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވެސް ބައިވެރިވި އެވެ.

މިދިޔަ މެއި މަހުގެ 23 އިން ފެށިގެން އުރީދޫން އަންނަނީ އުރީދޫ ވާލްޑް ކަޕް ފޯރި" ނަމުގައި ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ.

ވޯލްޑް ކަޕުގައި ކުޅޭ 64 މެޗުގެ ލައިވް ފީޑް ދުނިޔޭގެ ހުރިހާ ގައުމަކަށް ފޮނުވުމުގެ މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ. އަދި ވޯލްޑް ކަޕުގެ މެދުއިރުމައްޗާއި އެފްރިކާ ބައްރުގެ ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓަރަކީ ވެސް އެ ކުންފުންޏެވެ.

އާންމުކޮށް ވޯލްޑް ކަޕް ބާއްވަނީ ހުޅަނގުގެ ގައުމުތަކުގެ ހޫނު މޫސުމާ ދިމާކޮށް ޖޫން-ޖުލައިގަ އެވެ. ނަމަވެސް ގަތަރުގައި ބާއްވާ ވާލްޑް ކަޕް ކުރިޔަށްދާނީ ނޮވެމްބަރު 21 - ޑިސެމްބަރު 18 އަށެވެ.