Advertisement

އެމެރިކާގެ ކެންޓަކީގައި ފެންބޮޑުވެ 37 މީހުން މަރުވެއްޖެ

2 އޮގަސްޓު 2022 - 13:35 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފެންބޮޑުވެފައިވާ ސަރަހައްދުން މީހުން ފެނޭތޯ ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަނީ. -- ފޮޓޯ: ރޮއިޓާޒް


އެމެރިކާގެ ކެންޓަކީގައި ފެންބޮޑުވެ 37 މީހުން މަރުވެއްޖެ

2 އޮގަސްޓު 2022 - 13:35 0

އެމެރިކާގެ ކެންޓަކީ ސްޓޭޓުގެ އިރުމަތީގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 37 އަށް އަަރައިފި އެވެ.

މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިން ހިމެނޭ އިރު، އެއް އާއިލާއެއްގެ ހަތަރު ބެއިން ހިމެނެ އެވެ. ގަވަރުނަަރު އޭންޑީ ބެޝިއާ ވިދާޅުވީ މަރުވި މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމަށެވެ.

އެތައް ސަތޭކަ ބަޔަކު ފެންގަނޑުގެ ތެރެއަށް ގެއްލުމުން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، 12،000 އަށް ވުރެ ގިނަ ގޭބިސީއިން ކަރަންޓު ވަނީ ކެނޑިފަ އެވެ.

އެތައް ސަަތޭކަ ގެޔަކާއި ވިޔަފާރިތަކަށް ފެންބޮޑުވުމުން ގެއްލުންވެފައިވެ އެވެ. ގަވަރުނަރު ވިދާޅުވީ މަގުތަކާއި ބްރިޖުތަކާއި އެހެން އިންފްރާސްޓްރަކްޗާއަށް ލިބުނު ގެއްލުން މަރާމާތު ކުރަން އެތައް މިލިއަން ޑޮލަރެއް ހޭދަ ވާނެ ކަމަށެވެ.

މިއީ ގިނަ އަަހަރުތަކަކަށް ފަހު ކެންޓަކީގެ އިރުމަަތީގައި މިހާ ބޮޑަަށް ފެންބޮޑުވި ފުރަތަމަ ފަހަރެވެ. އެ ސްޓޭޓަށް ދިމާވެފައި ވަނީ ބޮޑު ކާރިސާއެއް ކަމަަށް ކަނޑައަޅައި އެމެރިކާގެ ފެޑެރަލް ސަރުކާރުން އެހީ ފޯރުކޮށްދިނުމަށް ރައީސް ޖޯ ބައިޑެން އަމުރު ކުރެއްވި އެވެ.