Advertisement

އެހީތެރިކަން ބަލައިގަނެ، "އިންޑިއާ ފަސްޓް" ޕޮލިސީ ދަމަހައްޓާނަން: ރައީސް

1 އޮގަސްޓު 2022 - 23:35 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ރައީސް ސޯލިހް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ސުބްރަމާނިޔަމް ޖައިޝަންކަރު އާ ބައްދަލުކުރައްވަނީ ފޮޓޯ/ރައީސް އޮފީސް


އެހީތެރިކަން ބަލައިގަނެ، "އިންޑިއާ ފަސްޓް" ޕޮލިސީ ދަމަހައްޓާނަން: ރައީސް

1 އޮގަސްޓު 2022 - 23:35 0

އިންޑިއާ އިން ރާއްޖެއަށް ވެދޭ އެހީތަކަށް ޝުކުރުވެރިވާ ކަމަށާއި، "އިންޑިއާ ފަސްޓް" ސިޔާސަތަށް ރާއްޖެއިން އިހުތިރާމްކޮށް ގުޅުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ ސަރުކާރަށް ދެއްވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތުފުޅަށް، ރައީސް ސޯލިހު އިންޑިއާ އަށް މިހާރު ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ ސުބްރަމާނިޔަމް ޖައިންޝަންކަރު އާ ބައްދަލުކުރައްވާފަ އެވެ.

ނިއުދިއްލީގެ އައިޓީސީ މޯރްޔާ ހޮޓަލުގައި މިއަދު، ރައީސް އާއި ޖައިޝަންކަރު ކުރެއްވި ބައްދަލުވުމުގައި ދެގައުމުން ހިއްސާކުރާ ހާރިޖީ ގުޅުމާ ގުޅޭ ގިނަ މަޝްވަރާ އާއި ހިޔާލު ބަދަލުކުރައްވާފައިވެ އެވެ.

އެ ބައްދަލުވުމުގެ ތަފްސީލު ހާމަކުރަމުން ރައީސް އޮފީހުން ބުނީ، މައިގަނޑުކޮށް މަޝްވަރާކޮށްފައިވަަނީ ދެ ގައުމުގެ މަސްލަހަތު މިހާރަށްވުރެ ބޮޑަށް ރަނގަޅުކޮށް ގުޅުން އިތުރަށް ވަރުގަދަ ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން ކަމަށެވެ. މީގެ އިތުރަށް، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާ ބެހޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ވެސް ހާމަކުރި އެވެ.

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު މިވަގުތު އުމްރާނީ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓް ތަކެއް ރާއްޖޭގައި ކުރިއަށް އެބަދެ އެވެ. އެގޮތުން ގްރޭޓާމާލެ ސަރަހައްދު ބުރިޖަަކުން ގުޅައިލުމަށް، މާލެ އާއި ވިލިނގިލި އަދި ގުޅިފަޅާއި ތިލަފުއްޓާ ދެމެދު އަޅާ7.6 ކިލޯ މީޓަރުގެ ބްރިޖް މަޝްރޫއާއި، ގެދޮރިވެރިކަމުގެ މަޝްރޫގެ އިތުރުން އައްޑޫސިޓީ ޕޮލިސް އެކަޑެމީގެ މަޝްރޫއު ފަދަ ބައެއް މަޝްރޫތައް ހިމެނެ އެވެ.

ރައީސް ވިދާޅުވީ، އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތަކީ ރާއްޖެއަށް ނުހަނު ބޭނުންތެރި އަދި ފައިދާކުރަނިވި ސިޔާސަތެއް ކަމަށެވެ. އެހެންކަމުން އެކަމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖެއިން ވެސް "އިންޑިއާ ފުރަތަމަ" ސިޔާސަތަށް އިހުތިރާމްކޮށް ދަމަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމާއި، ނިއުދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާ ވެސް ރައީސް ސޯލިހް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނިއުދިއްލީ އާއި މުމްބާއީގައި ވެސް ބިޒްނަސް ފޯރަމްތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި މުމްބާއީއަށް ވަޑައިގެން މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާގޮތް ވެސް ބައްލަވާލައްވަން ވަނީ ހަމަޖެހިފަ އެވެ.