Advertisement

މަޖިލީހުގެ އިސް މަގާމުތަކުން ނަޝީދާއި އީވާ ވަކިކުރަން މެންބަރުންގެ ސޮއި ހޯދަން ފަށައިފި

1 އޮގަސްޓު 2022 - 22:43 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: ނަޝީދުއާއި އީވާ ވަކިކުރުމުގެ މަސައްކަތް ފަށައިފި


މަޖިލީހުގެ އިސް މަގާމުތަކުން ނަޝީދާއި އީވާ ވަކިކުރަން މެންބަރުންގެ ސޮއި ހޯދަން ފަށައިފި

1 އޮގަސްޓު 2022 - 22:43 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުތަކުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ނަޝީދުއާއި އީވާ މަގާމުން ވަކިކުރަން އެމްޑީޕީގެ މެންބަރުންތަކެއް އިސް ނަންގަވާފައި މި ވަނީ، ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރުމުން އެ ކަމާ ނުރުހުން ފާޅުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެކި ތުހުމަތުތައް ކުރެއްވުމާއެކު އެވެ.

"މާލޭގައި މި ވަގުތު ތިބި މަދު މެންބަރުންތަކުގެ ތެރެއިން 18 މެންބަރުން މިހާރު ވެސް ވަނީ ސޮއިކުރައްވާފައި، ބައެއް މެންބަރުންގެ ސޮއި ނުލިބި ލަސްވަނީ މާލޭން ބޭރުގައި މި ވަގުތު ހުރުމުން،" ނަޝީދާއި އީވާ ވަކިކުރަން ހުށަހަޅާ ގަރާރުގައި ސޮއިކުރެއްވި އެމްޑީޕީގެ މެންބަރަކު މި ނޫހަށް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ 43 މެންބަރުންނެވެ.

ރައީސް ސޯލިހް އާއި ނަޝީދުއާ ދެމެދު ކޯޅުން ބޮޑުވެ އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެއިން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ އޮތީ ރައީސް ސޯލިހްގެ ފަޅިއަށެވެ.

ކޯޅުން ބޮޑުވެފައިވަނިކޮށް ނަޝީދު އާއި އީވާ މަގާމުން ވަކިކުރާ ހިސާބަށް ދިޔައީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްއަށް ނަޝީދު ފޮނުއްވި މެސެޖްތަކަކާ ގުޅިގެންނެވެ.

ނަޝީދު ވަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޒިނޭ ކުރައްވާ މަންޒަރު ހުރި ފޮޓޯ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ފޮޓޯތައް ލުމަށް މެންބަރުން އެދުމުން ވެސް ނަޝީދު ފަހުން އެއަކަށް ޖަވާބެއް ނުދެއްވަ އެވެ.

ނަޝީދުގެ އެ ވާހަކަފުޅާއެކު، އެމަނިކުފާނު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެދެމުން އަންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް އޮފީހުން ވަނީ ރައީސް އެފަދަ އެއްވެސް އަމަލެއް ނުކުރައްވާ ކަމަށް ބުނެފަ އެވެ.