Advertisement

ސައުދީ އަރަބިއްޔާގެ އިގްތިސާދަށް 12 ޕަސެންޓުގެ ކުރިއެރުމެއް

1 އޮގަސްޓު 2022 - 12:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަރަބިއްޔާގެ ސިޓީއެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް


ސައުދީ އަރަބިއްޔާގެ އިގްތިސާދަށް 12 ޕަސެންޓުގެ ކުރިއެރުމެއް

1 އޮގަސްޓު 2022 - 12:55 0

މި އަހަރުގެ ދެ ވަނަަ ކުއާޓަރުގައި ސައުދީ އަރަބިއްޔާގެ އިގްތިސާދަށް ގާތްގަނޑަކަށް 12 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އިގްތިސާދު އޮންނަ ސައުދީ އަރަބިއްޔާއަށް ފައިދާވަމުން ދަނީ ޔޫކްރެއިން ހަނގުރާމައާާ ގުޅިގެން ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު އުފުލުމުންނެވެ.

މި އަހަރުގެ ދެ ވަނަ ކުއާޓާގައި އިގްތިސާދީ ކުރިއެރުން ހުރީ 11.8 ޕަސެންޓުގައި ކަމަށް އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސްއިން ޝާއިއުކުރި ހިސާބުތަކުގައިވެ އެވެ.

"އެހާ ބޮޑު ކުރިއެރުމެއް އައިސްފައި ވަނީ ތެލުގެ ސިނާއަތުގެ ހަރަކާތްތައް 23.1 ޕަސެންޓުން ކުރިއަށް ޖެހުމުން،" އެ އޮތޯރިޓީއިން ބުންޏެވެ.

އެހެން ސިނާއަތްތަަކުގެ މަސައްކަތަށް ވެސް ވަނީ 5.4 ޕަސެންޓުގެ ކުރިއެރުމެއް އައިސްފަ އެވެ.

ސާފު ނުކުރާ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމަކީ ސައުދީ އަރަބިއްޔާއަށް ވާ އިރު، މި އަހަރު އެ ގަައުމުގެ ޖީޑީޕީ 7.6 ޕަސެންޓުން ކުރިއަށް ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.