Advertisement

އަށް އަހަރަށް ފަހު އިންޑޯ ޕެސިފިކް އެންވަރަމަންޓް ފޯރަމް ރާއްޖޭގައި ބާއްވަނީ

1 އޮގަސްޓު 2022 - 13:18 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މިއައަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަމެންޓް ފޯރަމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް


އަށް އަހަރަށް ފަހު އިންޑޯ ޕެސިފިކް އެންވަރަމަންޓް ފޯރަމް ރާއްޖޭގައި ބާއްވަނީ

1 އޮގަސްޓު 2022 - 13:18 0

ޔުނައިޑެޓް ސްޓޭޓްސް އިންޑޯ ޕެސިފިކް ކޮމާންޑާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގުޅިގެން ބާއްވާ "އިންޑޯ-ޕެސިފިކް އެންވަރަމަންޓް ސެކިޔުރިޓި ފޯރަމް 2022" ރާއްޖޭގައި މިއަދު ފަށައިފި އެވެ.

އިންޑޯ-ޕެސިފިކް އެންވަރަމަންޓް ސެކިއުރިޓީ ފޯރަމަކީ ސަރަހައްދުގެ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގެ ތެރެއިން އަންނަ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މި ސަރަހައްދުގެ އެންމެ މަތީފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޔޫއެސްގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ފަރާތުން އިސްނަގައިގެން އަހަރަކު އެއް ފަހަރު މި ސަރަޙައްދުގެ ކޮންމެވެސް އެއް ގައުމަކުން ހޯސްޓްކުރާ ގޮތަށް ބާއްވަމުންގެންދާ ފޯރަމެކެވެ.

އެ ފޯރަމް އެންމެ ފަހުން ރާއްޖޭގައި ބާއްވާފައިވަނީ 2014 ވަނަ އަހަރު އެވެ. ކޮވިޑުގެ ހާލަތާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު މިފޯރަމް ބޭއްވީ ވާޗުއަލްކޮށެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ފެށި މި އަހަރުގެ "އިންޑޯ-ޕެސިފިކް އެންވަރަމަންޓް ސެކިޔުރިޓި ފޯރަމް" މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މި އަހަރުގެ ފޯރަމަގައި 21 ގައުމަކުން ޖުމްލަ 100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. އަދި، މި އަހަރުގެ ފޯރަމް ހޯސްޓްކުރާ ގައުމުގެ ހައިސިއްޔަތުން، ރާއްޖެ ތަމްސީލުކުރާ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުން ނޮމިނޭޓްކުރެވިފައިވާ 24 މަންދޫބުން ވެސް މި ފޯރަމްގައި ބައިވެރިވެ އެވެ.

މިއައަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަމެންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް


ފޯރަމްގެ ސެޝަންތައް ފަރުމާކުރެވިފައިވާނީ އެދުވަހަކަށް ކަނޑައެޅިފައިވާ ތީމާއި ގުޅޭގޮތަށެވެ.

މި އަހަރުގެ ފޯރަމްގެ ދުވަސްތަކަށް ބަހާލެވިފައިވާ ތީމްތަކުގެ ތެރޭގައި:

  • ކްލައިމެޓް ސެކިއުރިޓީ ޗެލެންޖެސް އެންޑް ޑިފެންސް ފޯސެސް
  • ސްމޯލް އައިލެންޑް ނޭޝަސް ކޮންސާންސް
  • އޯޝަން އެންޑް ވޯޓަރ ސެކިއުރިޓީ
  • ކްލައިމެޓް ޗޭންޖް އިމްޕެކްޓް އެންޑް ސޮލިއުޝަންސް

މި ފޯރަމްގެ ތެރެއިން:

  • ފޯމަލް ސެޝަންތައް
  • ޕެނަލް ޑިސްކަޝަންތައް
  • ވޯކިންގް ގުރޫޕް ޑިސްކަޝަންތައް
  • ތިމާވެށްޓަށް އަންނަ ނާޒުކު ބަދަލުތަކާ ގުޅިގެން ކުރިމަތިވާ މޫސުމީ ބޮޑެތި ގޮންޖެހުންތައް ދެނެގަތުމާއި ސަރަހައްދީ ފެންވަރުގައި އެކަމަށް ގެނެވިދާނެ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ތިން އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެއް ތައްޔާރުކުރުން

މި ފޯރަމްގެ ތެރެއިން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހުރި މިންވަރު ދައްކާލުމާއި މި ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ދައްކާލުން ވެސް ކުރިއަށްދާނެ އެވެ.

އެގޮތުން ފޯރަމްގެ ބައިވެރިން ކާފު އަތޮޅު ހުރާއަށް ޒިޔާރަތްކޮށް، އެރަށުގެ ތިމާވެށީގެ ހާލަތު ވަޒަންކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުންހުރި ބައެއް ހަރަކާތްތައް ވެސް އެ ފޯރަމުގައި ކުރިއަށްދާނެ އެވެ.

އެ ފޯރަމްގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިސްތިހާރު ކުރާގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބައިވެރިންނަށް ކަނޑުފަޅުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ފޯރަމް ކުރިއަށްގެންދާ ހޯލްގެ ސައިޑް ސްކްރީނުތަކުން އަދި ބްރޭކް ގަޑިތަކުގައި މެއިން ސްކްރީނުން ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ޕްރޮމޯޝަނަލް ޑޮކިއުމަންޓްރީތައް ޑިސްޕްލޭކޮށް، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާއި މިނިސްޓާ އޮފް އެންވަރަމަންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އާއި މިނިސްޓާ އޮފް ޓުއަރިޒަމް ޑރ. އަބްދުﷲ މައުސޫމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ދިވެހިރާއްޖޭގެ ތިމާވެއްޓާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.