Advertisement

ހައްޔަރަށް ގެންދިޔައީ ޑްރަގުގެ ބަދަލުގައި ބޭކިން ޕައުޑަރާ އެކު ނޫންކަން ސާބިތުކޮށް ނުދެވުމުން ދޫކޮށްލައިފި

1 އޮގަސްޓު 2022 - 11:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެއް ދައްކާލަނީ: މީހަކު ހައްޔަރުކުރީ މަސްތުވާތަކެތީގެ ބާތަކާއެކުތޯ ކޯޓުގައި ސުވާލު އުފެދިއްޖެ


ހައްޔަރަށް ގެންދިޔައީ ޑްރަގުގެ ބަދަލުގައި ބޭކިން ޕައުޑަރާ އެކު ނޫންކަން ސާބިތުކޮށް ނުދެވުމުން ދޫކޮށްލައިފި

1 އޮގަސްޓު 2022 - 11:21 0

މަސްތުވާތަކެތި ކަމަށް ބުނެ ފުލުހުން އަތުލައިގަތް ތަކެއްޗަކީ އަސްލު ވަސް މަސްތުވާތަކެތިތޯ ނުވަތަ އެއީ ބޭކިން ޕައުޑަރުތޯ ޝަރީއަތުގެ މަޖިލީހުގައި ސުވާލު އުފެދުމުން، ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު ނެރުއްވި އެ އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، މަސްތުވާ އެއްޗެއް ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި އެއް ރަބަރު ޕެކެޓާ އެކު އެ މީހަކު ހައްޔަރު ކުރިއިރު ސީންގައި ވެސް އެއީ މަސްތުވާތަކެތި ނޫން ކަމަށް އެ މީހާ ބުނި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ތުހުމަތު ކުރެވޭ މީހާގެ ދިފާއީ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ބުނި ގޮތުން ނަމަ ބަދީގޭގެ ކަބަޑުން ފުލުހުން ނެގި އެ ތަކެއްޗަކީ ބޭކިން ޕައުޑަރެވެ.

އެ ކަމާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ އެއީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަން ބެލޭނީ ތަހުލީލު ކުރުމަށް ފަހު ކަމަށެވެ. އެހެންވެ ރަބަރު ޕެކެޓްގައި ހުރީ މަސްތުވާތަކެތީގެ ސީދާ ކޮން ބާވަތެއް ކަމެއް ފުލުހުންނަކަށް ޝަރީއަތުގެ މަޖިލީހުގައި ބުނެ ނުދެވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަސްޓަމްސްއަށާއި ފުލުހުންނަށް ވެސް ތަހުލީލު ކުރުމުގެ ބާރު އޮވެ އެ ކަން ކުރެވޭނެ މަގު ވެސް އޮވެ، އެކަން ނުކޮށް ޝައްކެއްގެ މަތީގައި މީހަކު ބަންދުގައި ނުބެހެއްޓެވޭނެ ކަމަށް އެ އަމުރުގައިވެ އެވެ.

އަތުލައިގަންނަ މަސްތުވާއެއްޗަކީ ހަގީގަތުގައި ވެސް އެއަށް ޝައްކު ކުރެވޭ އެއްޗެއް ކަން ކަށަވަރު ކުރުމަށްޓަކައި ވަގުތީ ޓެސްޓް ކިޓްގެ ކަސްޓަމްސުން ބޭނުންކުރެ އެވެ. އަދިި ފުލުހުން އެފަދަ ކިޓް ބޭނުން ނުކުރަންވީ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ.