Advertisement

ބެހިގެން އަންނަ ޖަނަވާރު ހިފަން ނޫޅެން އީޕީއޭގެ އިލްތިމާސެއް

1 އޮގަސްޓު 2022 - 11:52 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ބެހިގެން އައްޑުއަށް އައި ސީލެއް، އެގޮތަށް އަންނަ ޖަނަވާރު ހިފަން ނޫޅެން އީޕީއޭއިން މިއަދު އިލްތިމާސްކުރި


ބެހިގެން އަންނަ ޖަނަވާރު ހިފަން ނޫޅެން އީޕީއޭގެ އިލްތިމާސެއް

1 އޮގަސްޓު 2022 - 11:52 0

ބެހިގެން ރާއްޖެއަށް އަންނަ ޖަނަވާރުތައް ހިފަން މަސައްކަތް ނުކުރަން އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އައްޑޫން އިއްޔެ ފެނުނު ސީލް، ފަޅު ތެރޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯއާ އެކު އީޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ބެހިގެން އަންނަ ޖަނަވާރަށް އުނދަގޫނުކުރަން އަދި ގޯނާއެއްވާ ފަދަ އެއްވެސް ކަމެއް ނުކުރަން އިލްތިމާސްކުރާ ކަމަށެވެ.

އައްޑުއަށް އިއްޔެ އައި ބާވަތުގެ ސީލަކީ އީޕީއޭން ބުނި ގޮތުގައި އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫނެވެ.

"...ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަންއުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް މި އެޖެންސީއިން އިލްތިމާސް ކުރަމެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަން ފާހަގަކުރަމެވެ،" އީޕީއޭގެ ޓްވީޓްގައި ބުންޏެވެ.

އިއްޔެ ހަވީރު އެ ރަށު ކަންބިހަ ބީޗް ސަރަހައްދަށް އެރި ސީލްގައި ގާތްގަނޑަށް އަށް ފޫޓު ހުންނާނެ ކަމަށް މަންޒަރު ދުށް މީހަކު "އަދަދު" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ފަޅުތެރެއަށް ސީލް ވަނުމާއެކު، ގިނަ ބަޔަކު އެ ބަލަން އެ ސަރަހައްދަށް އެއްވި އެވެ. އައްޑޫ ސިޓީ ކައުންސިލްގެ މެބްރަކު ރޭ ވިދާޅުވި ގޮތުގައި ފުލުހުންގެ އެހީތެރިކަމާ އެކު އެ ސީލް ވަނީ ފަޅުތެރެއިން ނެރެފަ އެވެ.

މީގެ ކުރިން 2006 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް އެ ރަށަށް ސީލެއް އެރި އެވެ. އެފަހަރު ވެސް ގެއްލުމެއް ނުދީ ސީލް ދޫކޮށްލީ އެވެ.