Advertisement

އަފްގާނާއި އިރާނުގެ ސިފައިން ބޯޑަރު ކައިރީގައި ހަމަލާ ބަދަލުކޮށްފި

1 އޮގަސްޓު 2022 - 07:20 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުންގެ ސިފައިންގެ މީހަކު. -- ފޮޓޯ: ގެޓީ އިމޭޖާޒް


އަފްގާނާއި އިރާނުގެ ސިފައިން ބޯޑަރު ކައިރީގައި ހަމަލާ ބަދަލުކޮށްފި

1 އޮގަސްޓު 2022 - 07:20 0

އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުގެ ސިފައިންނާއި އިރާނުގެ ބޯޑަރު ގާޑުންނާ ދެމެދު ދެ ގައުމުގެ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކޮށްފި އެވެ.

އަފްގާނިސްތާނުގެ ސަރުކާރުން ބުނީ އާދީއްތަ ދުވަހުގެ ހަމަނުޖެހުމުގައި ސިފައިންގެ އެކަކު މަރުވި ކަމަށެވެ. ހަމަލާ ބަދަލު ކުރީ އަފްގާނިސްތާނުގެ ނިމްރޯޒް ޕްރޮވިންސާއި އިރާނުގެ ހިރްމަންދް ސަރަހައްދު ކައިރިން ބޯޑަރު ގުޅޭ ހިސާބުގަ އެވެ.

ހަމަލާއާ ގުޅިގެން އެއް ގައުމު އަނެއް ގައުމަަށް ތުހުމަތު ކުރެ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އަފްގާނިސްތާނުގެ ވެރިކަމަަށް ތާލިބާނުން އައި ފަހުން، ދޭތެރެ ދޭތެރެއިން އިރާނުގެ ބޯޑަރު ގާޑުންނާ ދެމެދު ހަމަލާ ބަދަލުކުރެ އެވެ.

އަފްގާނިސްތާނުގެ ވެރިކަމުގައި އޮތް ތާލިބާން ސަަރުކާރަކީ ސައްހަ ސަރުކާރެއް ކަމަށް އިރާނުން ބަލައިގެންފައެއް ނުވެ އެވެ. އާދީއްތަ ދުވަހު ހަމަލާ ބަދަލު ކުރަން މެދުވެރިވި ސީދާ ސަބަބު ސާފެއް ނޫނެވެ.

އެކަމަކު އިރާނުގެ ތަސްނީމް ނިއުސް އެޖެންސީއިން ބުނީ އެކަން ހިނގީ އަފްގާނިސްތާނުގެ ފަަސްގަނޑުގެ ގޮތުގައި ނުހިމެނޭ ސަރަހައްދެއްގައި އެ ގައުމުގެ ދިދަ ނަަގަން އުޅުމުން ކަމަށެވެ.

މިދިޔަ މަހު ވެސް ހަމަ އެ ސަަރަހައްދުގައި ހަމަލާ ބަދަލުކޮށް އިރާނުގެ ބޯޑަރު ގާޑަކު މަރުވި ކަމަށް އިރާނުގެ ފޮރިން މިނިސްޓްރީން ކުރިން ބުންޏެވެ.