Advertisement

ޗައިނާގެ ރޮކެޓެއްގެ ބައިތަކެއް ދުނިޔެއަށް ވެއްޓިއްޖެ

31 ޖުލައި 2022 - 11:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ ރޮކެޓް ދުނިޔެއިން ނައްޓާލީ ޖުލައި 24 ވަނަ ދުވަހު. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޗައިނާގެ ރޮކެޓެއްގެ ބައިތަކެއް ދުނިޔެއަށް ވެއްޓިއްޖެ

31 ޖުލައި 2022 - 11:03 0

ޗައިނާގެ ރޮކެޓެއްގެ ބައިތަކެއް އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށް އެމެރިކާ އާއި ޗައިނާގެ އޮފިޝަލުން ބުނެފި އެވެ.

ޗައިނާގެ ސްޕޭސް އެޖެންސީއިން ބުނީ ލޯންގް މާޗް 5 ރޮކެޓުގެ ބޮޑު ބަޔެއް ދުނިޔޭގެ ބިމަށް ވެއްޓެމުން ދިޔަ އިރު، އެޓްމޮސްފިއާގެ ތެރެއިން އަނދައި ހުލިވި ކަމަށެވެ. ނަމަވެސް ބައެއް ބައިތައް ބިމާ ހަމައަށް ފޯރި ކަމަށާއި ވެއްޓުނީ ޕެސިފިކްގައި އޮންނަ ސޫލޫ ކަނޑަށް ކަމަށް ބުންޏެވެ.

ޖައްވީ ކަންކަމާ ބެހޭ ތަޖުރިބާކާރުން ކުރިން ލަފާކުރި ގޮތުގައި ރޮކެޓުގެ ބައިތައް މީހުން ދިރިއުޅޭ ހިސާބަކަށް ވެއްޓުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ޖައްވަށް ފޮނުވާ ރޮކެޓުގެ ބައިތައް އެއްވެސް ކޮންޓްރޯލެއް ނެތި ދުނިޔެއަށް ވެއްޓޭ ގޮތަށް ފަރުމާ ކުރާތީ މީގެ ކުރިން ވެސް ކަންބޮޑުވުން އުފެދިފައިވެ އެވެ.

ނާސާއިން ޗައިނާގެ ސްޕޭސް އެޖެންސީއަށް ކުރިން ގޮވާލީ ރޮކެޓު ފަރުމާ ކުރުމުގައި އިތުރަށް ސަމާލުވެ، ދުނިޔެއަށް ވެއްޓޭ އިރު އޭގެ ބައިތައް ވީހާ ވެސް ކުދި ވާނެ ގޮތަކަށް ވިސްނުމަށެވެ.

އެމެރިކާގެ ސްޕޭސް ކޮމާންޑުން ކުރި ޓްވީޓެއްގައި ބުނީ ލޯންގް މާޗް 5 ރޮކެޓުގެ ބައިތައް ވެއްޓުނީ އިންޑިއާ ކަނޑުގެ ހިސާބަކަށް ކަމަށެވެ.

ފަހަކަށް އައިސް ޗައިނާއިން ގިނަ އަދަދެއްގެ ރޮކެޓު ޖައްވަށް ފޮނުވަމުން ދަނީ އެ ގައުމުން ޖައްވުގައި ހަދާ ސްޕޭސް ސްޓޭޝަން ޓިއަންގޮންގް މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފުރިހަމަ ކުރުމަށެވެ.