Advertisement

ޔޫއޭއީގައި ފެންބޮޑުވެ ހަތް މީހުން މަރުވެއްޖެ

31 ޖުލައި 2022 - 05:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫއޭއީގައި ފެންބޮޑުވެފައި. -- ފޮޓޯ: ކުވެއިތް ޓައިމްސް


ޔޫއޭއީގައި ފެންބޮޑުވެ ހަތް މީހުން މަރުވެއްޖެ

31 ޖުލައި 2022 - 05:51 0

ޔޫއޭއީގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި ހަތް މީހުން މަރުވެއްޖެ އެވެ.

މިނިސްޓްރީ އޮފް އިންޓީރިއާގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަލީ ސަލީމް އަލް ތުނީޖީ ވިދާޅުވީ މަރުވި ހުރިހާ އެންމެންނަކީ ވެސް އޭޝިއާ ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

ވާރޭ ވެހުމާއި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ޝާރްޖާ، ފުޖައިރާ އަދި ރަސް އަލް ހައިމާ ސިޓީ އަށެވެ. އެ ސިޓީތަކުގައި ހާލުގައި ޖެހުނު މީހުން އެހެން ތަންތަނަށް ބަދަލު ކުރި އެވެ.

ނަމަވެސް 80 ޕަސެންޓް މީހުން އެނބުރި ގެތަކަށް ގޮސްފައިވާ ކަމަށް އިންޓީރިއާ މިނިސްޓްރީން ބުންޏެވެ. ފުޖައިރާ އާއި ހޯރް ފައްކާން ގުޅާލަދޭ މައި މަގަކަށް ފެންބޮޑުވެ ގެއްލުންވުމުން، އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޔޫއޭއީގެ ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީއިން ބުނީ ފެންބޮޑުވުމުގެ އަސަރު ކުރި 1،885 މީހުންނަށް ވަަގުތީ ހިޔާވަހިކަަން ފޯރުކޮށްދިނުމަށް 20 ހޮޓަލަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބީބީސީއިން ބުނީ މިދިޔަ ހަފްތާގައި ގަލްފުގެ ބައެއް ގައުމުތަކަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުނު ކަމަށާއި ޔޫއޭއީއަށް ވަކިން ހާއްސަަކޮށް މޫސުން ގޯސްވި ކަމަށެވެ.

ޔޫއޭއީގެ ނޭޝަނަލް ސެންޓާ އޮފް މީޓިއޮރޮލޮޖީއިން ބުނީ 27 އަހަރަށް ފަހު ރެކޯޑް މިންވަރަށް ވާރޭ ވެހިފައިވާ ކަަމަށެވެ.